Advertisement

ހުލާސާކޮށް އިއްޔެ: ހުތުރު މަންޒަރެއް! ޕީއެންއެފް އަށް ހުރަސް އަޅައި ޕެޕާ ސްޕްރޭ ޖެހި

10 އޭޕްރީލް 2024 - 06:15 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޕީއެންއެފްގެ މެމްބަރުން ޣިޔާސުއްދީން ސްކީލަށް ވަނަ ނުދިނުމަށް ސިފައިން ރައިޓް ގިޔަރާއި ޝީލްޑުގައި -- ފޮޓޯ އަދަދު


ހުލާސާކޮށް އިއްޔެ: ހުތުރު މަންޒަރެއް! ޕީއެންއެފް އަށް ހުރަސް އަޅައި ޕެޕާ ސްޕްރޭ ޖެހި

10 އޭޕްރީލް 2024 - 06:15 0

މީގެ 19 އަހަރު ކުރިން ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުއްދަ ދިން ފަހުން، ޕާޓީއެއް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ސަރުކާރުގެ ފަރާތުން ހުތުރު ގޮތަކަށް ހުރަސްއެޅި މަންޒަރު ރޭ ފެނިގެން ދިޔަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަހަތުގައި ހުންނަވައިގެން އުފައްދަވާ ޕީއެންއެފް އަށް 3000 މެމްބަރުން ހަމަވުމާއެކު ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ބާއްވަންޖެހޭ، ޕާޓީ އުފެއްދުމުގެ ޖަލްސާ ތާވަލުކުރީ ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވުމަށެވެ.

ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައި، އިވެންޓު ބޭއްވުމަށް ދައްކަންޖެހޭ ފައިސާ ވެސް ދައްކާފައި އޮތްވައި، ޣިޔާސުއްދީން ސްކޫލުގެ މެނޭޖުމެންޓުން އެ ވާހަކަ ދެއްކުމުގެ ކުރިން އިއްޔެ ހަވީރު ފުލުހުން ޣިޔާސުއްދީން ސްކޫލަށް ދިޔައީ، ސްކޫލު ހޯލް ޕީއެންއެފްއަށް ދީފައި ނުވާނެ ކަމަށް ބުނެ ފޮނުވި ސިޓީއަކަށެވެ.

އޭރު އޮތީ ޖަލްސާ ބޭއްވުމަށް ހުރިހާ އިންތިޒާމުތަކެއް ފުރިހަމަކޮށް، ޖަލްސާ ދެން ފަސް ނުކުރެވޭނެ ހާލަތުގަ އެވެ. އެހެންވެ، ފުލުހުން ދެކޮޅު ހެދިޔަސް، ޕީއެންއެފްގެ މެމްބަރުންނާއި ސަޕޯޓަރުން ޣިޔާސުއްދީން ސްކޫލުގެ ތެރެއަށް ގަދަމުން ވަނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މަންދޫބުނަށް ޖަލްސާގެ މާލަމަށް ނުވަދެ އެވެ.

އެ ސަރަހައްދުގައި އަޑުއުފުލައި މުޒާހަރާކުރި މީހުންގެ ގަޔަށް ޕެޕާ ސްޕުރޭ ވެސް ޖެހި އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

މުހިއްމު ބައެއް ހަބަރު