Advertisement

ރައްޔިތުންގެ މަޖިލީހަށް ތައާރަފުކުރާ އީ-ޕެޓިޝަން ނިޒާމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

8 އޭޕްރީލް 2024 - 11:34 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައްޔިތުންގެ މަޖިލިސް -- ފޮޓޯ: މަޖިލިސް


ރައްޔިތުންގެ މަޖިލީހަށް ތައާރަފުކުރާ އީ-ޕެޓިޝަން ނިޒާމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

8 އޭޕްރީލް 2024 - 11:34 0

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތައާރަފުކުރަން ހަމަޖެހިފައިވާ އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އިދާރާ އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅުގެން ތައާރަފުކުރުމަށް ހަމަޖެހިފައިވާ އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހަށް މިއަދުން ފެށިގެން ހިޔާލު ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ޕެޓިޝަން ކޮމިޓީގެ އީމެއިލް އެޑްރެސްގެ ޒަރިއްޔާއިން އަދި މަޖިލީހުގެ އިދާރާއަށް ލިންކެއް ފޮނުވައިގެން ނުވަތަ މި ފޯމުގެ ޒަރިއްޔާއިން ހިޔާލު ހުށަހެޅޭނެ އެވެ.

ހިޔާލު ނުވަތަ ކޮމެންޓު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 29، ގެ މެންދުރު 12:00 އެވެ.

އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހުގައި ހިމެނޭ މަފްހޫމްތަކާއި ނިޒާމު ތަރުތީބުވެފައިވާ ގޮތް ތަފްސީލުކޮށްދިނުމަށް ސަރުކާރުގެ ވުޒާރާތަކާއި ސިޔާސީ ޕާޓީތަށް، ޔުނިވާސިޓީ އަދި މަދަނީ ޖަމިއްޔާތަކަށް ބާއްވާ ބައްދަލުވުންތައް އޭޕްރީލް 24، ގެ ހެނދުނު 10:00 ގައި އޮންނާނެ އެވެ. އަދި އާންމުންނަށް ބާއްވާ ބައްދަލުވުން އޭޕްރީލް 25، ގެ ހަވީރު 16:00 ގައި އޮންނާނެ ކަމަށް ވެސް މަޖިލީހުން ބުންޏެވެ.

އީ-ޕެޓިޝަންގެ ސިޔާސަތު ކަރުދާހުގެ ހުލާސާއެއް މި ލިންކުން ލިބޭނެ އެވެ.