Advertisement

ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

7 އޭޕްރީލް 2024 - 20:44 1

ނިމާ ހަސަން

ނިމާ ހަސަން

ގުޅީފަޅު މަތިން ނަގާފައިވާ ފޮޓޯއެއް; ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅާށް ބަދަލުކުރުމުުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު


ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

7 އޭޕްރީލް 2024 - 20:44 1

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1347 ގޯތިގެ ތެރެއިން, ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް, ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ ޒަރޫރީ ހިދުމަތްތަކަށް އެކާށީގެންވާ ބިން އެކަށައެޅުމެއް ނެތި ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ހިދުމަތްތައް ގާއިމުކުރާނެ ބިންތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނައުމުން, ދޫރކޮށްފައިވާ އަދަދަށް ގިރާވަރުން ގޯތި ނެގެން ނެތުމުން ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ގުޅީފަޅަށް ބަދަލުކުރަން ނިންމާފައި ވަނީ ޖުމްލަ 1347 ގޯއްޗެވެ. އެއީ:

  • 1450 އަކަފޫޓުގެ ހަތަރު ގޯތި,
  • 2050 އަކަފޫޓުގެ 487 ގޯތި,
  • 1650 އަކަފޫޓުގެ 663 ގޯތި, އަދި
  • 1250 އަކަފޫޓުގެ 193 ގޯއްޗެވެ.

އެ ސައިޒުތަކުގެ ގޯތި ލިބުނު ފަރާތްތަކުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް, މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ރިކުއެސްޓް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފަ އެވެ.

ގޯތި ބަދަލުކުރަން ބޭނުންވާ މީހުން, ކަނޑައެޅިފައިވާ އަދަދުތަކަށްވުރެ އިތުރުވާނަމަ, ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތު ނެގުމަށް އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ގުޅީފަޅުގެ އާ ލޭންޑް ޔޫޒް ޕްލޭން މިހާރު އާންމުކޮށްފައިވާއިރު, ގޯތި ދޭން ނިންމާފައި ވަނީ އަލަށް އިތުރުކުރާނެ ކަމަށް ބުނާ ބިމުންނެވެ. ގުޅީފަޅަށް އިތުރު 85 ހެކްޓަރުގެ ބިން އިތުރުކުރައްވާނެ ކަމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންނެވީ ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" ޕްރޮޖެކްޓު އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ.

ގުޅީފަޅަށް ބިން އިތުކުރަން ނުފެށި ނަމަވެސް ސަރުކާރު އާންމުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ވަނީ މިހާރު ހިއްކާ ނިމިނިމި އޮތް ސަރަހައްދުގައި ހުރި 1،250 އަކަފޫޓާއި 1،650 އަކަފޫޓުގެ ގިނަ ގޯތިތަކެއް ހިއްކަން ނުފަށާ ސަރަހައްދަށް ބަދަލުކޮށްފަ އެވެ. އޭގެ އިތުރުން، 2050 އަކަފޫޓުގެ ބައެއް ގޯތިތައް ވެސް ހިއްކަން ނުފަށާ ސަރަހައްދަށް ބަދަލުކޮށްފައިވެ އެވެ.