Advertisement

ޔާމީނު ޖަލުގައި ހުންނެވި އިރު ފާތުން މުޒާހަރާއަށް ނުނިކުތީ ކީއްވެތޯ އަބްދުއް ރަހީމް ސުވާލު އުފައްދައިފި

7 އޭޕްރީލް 2024 - 16:13 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


ޔާމީނު ޖަލުގައި ހުންނެވި އިރު ފާތުން މުޒާހަރާއަށް ނުނިކުތީ ކީއްވެތޯ އަބްދުއް ރަހީމް ސުވާލު އުފައްދައިފި

7 އޭޕްރީލް 2024 - 16:13 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެމަނިކުފާނަށް އިހުލާސްތެރި ބައެއް ނޫން ކަމަށް ސިފަކުރައްވައި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނުގެ އިހުލާސްތެރިކަމާ މެދުގައި ވެސް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފައްދަވައިފި އެވެ.

ޕީއެންސީ/ޕީޕީއެމްގެ އިސް ބޭފުޅުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަނެެއްގައި އަބްދުއް ރަހީމް ފުރަތަމަ ވަރަށް ތަފްސީލުކޮށް ވާހަކަދެއްކެވީ ޔާމީނުގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންގެ މާޒީއާ ބެހޭ ގޮތުންނެވެ. ކުރީގެ ނައިބު ރައީސް އަދި ޔާމީނުގެ އިސް ވަކީލު ޑރ،،މުހައްމަދު ޖަމީލާ ހިސާބުން ފެށްޓެވި އެވާހަކަ ނިންމަވައިލެއްވީ ޔާމީނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމާއި ދަރިކަލުން ޒެއިންއާ ހިސާބުންނެވެ.

"އަޅުގަނޑު ސުވާލު އުފައްދަން މިއަދު ކީއްވެގެންތޯ ރައީސް ޔާމީނު އެއޮތްހުރިހާ ދުވަހު ޖަލުގައި އޮތް އިރު މެޑަމް ފާތުމަ އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ޒޭނު އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ ކީއްވެގެންތޯ؟ މިއީ ސުވާލު އުފައްދަން ޖެހޭ ކަމެއް ނޫންތޯ؟" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އެ މޭރުމުން ފާތިމަތާއި ޒެއިން އަށް ފާޑުވިދާޅުވުމުގެ ކުރިން އަބްދުއް ރަހީމް ދެއްކެވީ ސިޔާސީ އެކިއެކި ބޭފުޅުން ޖަލަށް ލުމުން އެބޭފުޅުންގެ އަނބިއަނބިކަނބަލުން ކުރެއްވި މަސައްކަތްތަކުގެ ވާހަކަ އެވެ.

"ރައީސް މައުމޫނު ހައްޔަރުކުރީމާ ނަސްރީނާ ނުކުމެވަޑައިގެންނެވި. ގާސިމް އިބްރާހީމް ހައްޔަރުކުރީމާ ނަހުލާ ނުކުމެވަޑައިގެންނެވި،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ޔާމީނު ޖަލުގައި ހުންނެވި އިރު އެމަނިކުފާނުގެ ހައްގުގައި މުޒާހަރާކުރައްވަން އަނބިކަނބަލުންނާއި ދަރިކަލުން ވަޑައި ނުގެން ތިއްބެވި އިރު, މިހާރު އަބްދުއް ރަހީމާއި މިހާރު ސަރުކާރުގައި ތިއްބެވި އެހެން ބޭފުޅުންނަށް މިހާރު ކިޔޭނީ ކޮން ފާޑެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"މިތިބީ އިހުލާސްތެރިން. ރައީސް ޔާމީނަށް އިހުލާސްތެރިން މި ސަފުގައި މިތިބީ،" މިއަދުގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް އިޝާރާތްކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.،