Advertisement

ޓައިވާނަށް އައި ބިންހެލުން: އަދިވެސް 18 މީހަކު ގެއްލިގެން ހޯދަނީ

6 އޭޕްރީލް 2024 - 10:24 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޓައިވާނަށް އައި ބިންހެލުން: އަދިވެސް 18 މީހަކު ގެއްލިގެން ހޯދަނީ

6 އޭޕްރީލް 2024 - 10:24 0

ޓައިވާނަށް އައި ބިންހެލުމުގައި އަދިވެސް 18 މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ބުދަ ދުވަހު 7.2 މެގްނިޓިއުޑް ބާރު މިނުގައި އައި މި ބިންހެލުމަށް ފަހު ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި އިންޑިއާ، ކެނެޑާ އަދި އޮސްޓްރޭލިއާގެ މީހުން ހިމެނެ އެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާއިރު، 1،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ވެފަ އެވެ.

އެގޮތުން ބައެއް މީހުންނަށް ހޮސްޕިޓަލުގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ހާލު ސީރިއަސް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޓައިވާނުގެ އެކި ހިސާބުތަކުގައި ބިންހެލުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާ ވަނީ ހިނގައި، މަގުތަކާއި ގެތަކަށް ވަނީ ބޮޑެތި ގެއްލުންވެފަ އެވެ.

ޓައިވާނަށް އެންމެ ފަހުން ބާރުގަދަ ބިންހެލުމެއް އައީ 2016 ވަނަ އަހަރެވެ. އެފަހަރު އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމުގައި 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އޭގެ އިތުރުން ޓައިވާނަށް އައި އެންމެ ބާރުގަދަ ބިންހެލުން 1999 ގައި އައިސްފައިވާއިރު، އެފަހަރު 2،400 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.