Advertisement

ރިވައިވަލް އިން ރިސޯޓްތަކަށް ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

3 އޭޕްރީލް 2024 - 14:46 0

ރިވައިވަލް ސްޕޯޓްސް ކްލަބްގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ތޯއިފް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު


ރިވައިވަލް އިން ރިސޯޓްތަކަށް ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

3 އޭޕްރީލް 2024 - 14:46 0

ރިވައިވަލް ސްޕޯޓްސް ކްލަބުން ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ، "ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް"، މިކްސް ޓީމު އިވެންޓް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބ. އޭދަފުށީ ޔޫޓު ސެންޓަރު، ބެޑްމިންޓަން ކޯޓުގައި މި މަހު 23-27 އަށް ކުރިއަށްދާ މުބާރާތުގައި ޓީމު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތީ މި މަހު ނުވަ ވަނަ ދުވަހު ކުރިންނެވެ.

ރާއްޖޭގައި އެންމެ ހަރަކާތްތެރިކޮށް ފެންނަ ބެޑްމިންޓަން ކްލަބް ރިވައިވަލް އިން، ދާދި ފަހުން ވަނީ، އޭދަފުށީގައި ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތް ކާމިޔާބު ކަމާ އެކު ނިންމާލާފައިވާއިރު، ރިވައިވަލް އިން މިހާރު އަމާޒުހިފާފައިވަނީ، ރިސޯޓްތަކަށް އަމާޒުކޮށް ފޯރިގަދަ މުބާރާތްތައް ވެސް ރޭވުމަށެވެ.


އެެ ގޮތުން، މިކްސް ޓީމު އިވެންޓް މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދާން ނިންމާފައިވާ ރިސޯޓް ޗެމްޕިއަންޝިޕްގައި ޓީމު ރަޖިސްޓްރީ ކުރާއިރު، ޓީމުގައި ހަތަރު ފިރިހެން ކުޅުންތެރިންނާއި ދެ އަންހެން ކުޅުންތެރިން ހިމެނެން ޖެހޭނެ އެވެ.

ރިވައިވަލް އިން ވަނީ މުބާރާތް ފޯރިގަދަކުރުމާއި ޓީމުތައް ވަރުގަދަ ކުރުމުގެ ގޮތުން، ކޮންމެ ޓީމެއްގައި ވެސް ރިސޯޓުން ބޭރު އެއް ކުޅުންތެރިއަކު ހިމަނަން ފުރުސަތު ދީފަ އެެވެ. ޓީމުގައި ހަރަކާތްތެރިވެވޭނީ ތިން އޮފިޝަލުންނަށެވެ.

މުބާރާތް ކުރިއަށްދާން ނިންމާފައިވާ ގޮތަށް ބަލާއިރު، ކޮންމެ މެޗެއްގައި ވެސް، ފަސް ގޭމް ހިމެނޭނެ އެވެ. އެކާވީސް ޕޮއިންޓް ލިބޭ ފޯމެޓަށް ކުޅޭއިރު، ގޭމްތައް ރޭވިފައިވަނީ، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް، ފިރިހެން ސިންގަލްސް، މިކްސް ޑަބަލްސް އަދި ފިރިހެން ޑަބަލްސް ގޭމެއް ކުޅޭ ގޮތަށެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން، ރިވައިވަލް ސްޕޯޓްސް ކްލަބްގެ އީމެއިލް، [email protected] އަށް މެއިލްކޮށްގެން ނޫނީ، 7531681 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެ ކްލަބުން އެދެ އެވެ.