Advertisement

ޓެކްސީ ގޮސް ފުލުސް މީހާ ގަޔަށް! ޑްރައިވަރު ހައްޔަރުކޮށްފި

31 މާރިޗު 2024 - 22:51 0

ސިނަމާލެ ބްރިޖު: ބްރިޖު މަތީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފުލުސް މީހާގެ ހާލު ރަނގަޅު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޓެކްސީ ގޮސް ފުލުސް މީހާ ގަޔަށް! ޑްރައިވަރު ހައްޔަރުކޮށްފި

31 މާރިޗު 2024 - 22:51 0

ސިނަމާލެ ބްރިޖުން ގޮސް ހައިވޭއަށް އަރާ ލައިޓު ކައިރީގައި ހުރި ފުލުހެއްގެ ގައިގައި ކާރަކުން ޖެހުނު މައްސަލައެއްގައި އެ ކާރު ދުއްވަން ހުރި މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

ސޯޝަލް މީޑީގައި ދައުރުވަމުން އަންނަ މި އެކްސިޑެންޓުގެ ވީޑިއޯއިން ފެންނަނީ ސިނާމާލެ ބްރިޖާއި ހުޅުލެއަށް އަރާ މަގާއި ހައިވޭ ދިމާވާ ތަނުގައި ހުރި ފުލުހެއް ގައިގައި ޓެކްސީއަކުން ޖެހޭ މަންޒަރެވެ.

މިކަމެއް ހިނގީ ހަވީރުގެ ވަގުތަށް ބްރިޖު އެންމެ ބާރު ބޮޑުވާ ހަވީރު ގަޑީގަ އެވެ. އެ ވަގުތު ކާރު ދުއްވާފައި އައީ މާ ބާރު ސްޕީޑެއްގައި ނޫން ނަމަވެސް ޖެހުނު ބާރު މިނުގައި ފުލުސް މީހާ ވިއްސައިގެން ދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

މިތަނުން ވީޑިއޯއެއް ރީޕޯސްޓުކޮށް ފުލުހުން ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ވިދާޅުވީ ފުލުސް އޮފިސަރުގެ ހާލު ރަނގަޅު ކަމަށާއި ކާރު ދުއްވަން ހުރި ޑްރައިވަރު ހައްޔަރުކޮށްގެން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.