Advertisement

ގެދޮރު އިމާރާތްކުރަން ދޫކުރާ "ހިޔާވެހި" ލުއި ލޯނުތަކުގެ މަސައްކަތް އެޗްޑީއެފްސީއާ ހަވާލުކޮށްފި

27 މާރިޗު 2024 - 21:26 0

އަމަން ހަލީމް

އަމަން ހަލީމް

ހައުސިން މިނިސްޓަރު ޑރ. ހައިދަރު އަލީ އާއި އެޗްޑީއެފްސީގެ ސީއީއޯ ޒީނާދު އަހުމަދު "ހިޔާވެހި ފައިނޭންސިން ސްކީމް" ގެ އެމްއޯޔޫގައި ސޮއިކުރަނީ


ގެދޮރު އިމާރާތްކުރަން ދޫކުރާ "ހިޔާވެހި" ލުއި ލޯނުތަކުގެ މަސައްކަތް އެޗްޑީއެފްސީއާ ހަވާލުކޮށްފި

27 މާރިޗު 2024 - 21:26 0

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލުއި ލޯނުތަކެއް ތައާރަފުކުރަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ހިންގާ "ހިޔާވެހި ފައިނޭންސް ސްކީމް" ގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މިރޭ ހަވާލުކޮށްފި އެވެ.

މިކަމާ ގުޅޭ އެމްއޯޔޫގައި ސޮއިކުރުމަށް ފަހު ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހިޔާވެހި ފައިނޭންސް ސްކީމް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސިން މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މި ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަކީ ފަސް ޕަސެންޓެވެ.

ހިޔާވެހި ފައިނޭންސް ސްކީމްގެ ލޯނުތައް ވަނީ ދެ ބާވަތަކަށް ބަހާލާފަ އެވެ. އެއީ އަތޮޅުތެރޭ ރަށްތަކަށް ހާއްސަ ސްކީމާއި ގްރޭޓާ މާލޭ ސަރަހައްދާއި މި ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކަށް ހާއްސަ ސްކީމެވެ.

އެގޮތުން ރަށްރަށުގައި ގެދޮރު އިމާރާތްކުރަން ގިނަވެގެން ލިބެނީ އެއް މިލިއަން ރުފިޔާ އެވެ. މާލެ ސަރަހައްދާއި އާބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރަން ތިން މިލިއަން ރުފިޔާއާ ހަމައަށް ލިބެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ސްކީމާ ގުޅޭ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ތަނުގައި ހިއްސާކުރާނެ ކަމަށެވެ.