Advertisement

މަގުތަކަށް އަރާގޮތަށް ގޯތި ދީފައި ހުރި ސަރަހައްދުގެ ތާރު ކަނޑަން ފަށައިފި

27 މާރިޗު 2024 - 15:03 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ސަރުކާރުން ދިން ގޯތިތައް، މަގުތަކަށް އަރާފައި ހުރުމުން، އެ މަގުތަކުގެ ތާރުތައް ކެނޑުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ. ފޮޓޯ:އެޗްޑީސީ


މަގުތަކަށް އަރާގޮތަށް ގޯތި ދީފައި ހުރި ސަރަހައްދުގެ ތާރު ކަނޑަން ފަށައިފި

27 މާރިޗު 2024 - 15:03 0

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ރައްޔިތުންނަށް ހުޅުމާލެއިން ދޫކުރު ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާ ގޮތަށް ދޫކޮށްފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ކުރީގެ ސަރުކާރުން ދިން ގޯތިތައް، މަގުތަކަށް އަރާފައި ހުރުމުން، އެ މަގުތަކުގެ ތާރުތައް ކެނޑުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ. ފޮޓޯ:އެޗްޑީސީ


އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ދަނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ގޯތި ހަވާލު ކުރުން އަވަސް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފު ކުރުމާއި ބައެއް ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާގެ ނެޓްވޯކް ބަދަލު ކުރުުމުގެ މަސައްކަތް މިހާރު ވެސް އެޗްޑީސީން ދަނީ ކުރަމުން ކަމަށެވެ.

ގޯތިތައް ދީފައިވާ ސަރަހައްދުން ތާރު ކެނޑުމުގެ މަސައްކަތް ކުރަން އެޗްޑީސީން ފެށިއިރު، ބައެއް ގޯތިތަކުގެ އިންފާރު ވެސް މިހާރު ވަނީ ރާނައިފަ އެވެ.