Advertisement

މައްސަލަ ފުންޏެއްގެ ތެރޭގައި އޮތް ބޮއިންގެ ސީއީއޯ އިސްތިއުފާ ދެނީ

26 މާރިޗު 2024 - 09:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބޮއިންގެ ސީއީއޯ ޑޭވް ކަލްހޫން: މި އަހަރަށް ފަހު މަގާމުން އިސްތިއުފާ ދިނުމަށް ވަނީ ނިންމާފައި -- ފޮޓޯ: ގެޓީ އިމޭޖަސް


މައްސަލަ ފުންޏެއްގެ ތެރޭގައި އޮތް ބޮއިންގެ ސީއީއޯ އިސްތިއުފާ ދެނީ

26 މާރިޗު 2024 - 09:21 0

މަތިންދާ ބޯޓު އުފައްދާ އެމެރިކާގެ ބޮއިން ކުންފުނީގެ ސީއީއޯ ޑޭވް ކަލްހޫން އަށް ޕްރެޝަރު ބޮޑުވެ މި އަހަރަށް ފަހު މަގާމުން އިސްތިއުފާ ދޭން ނިންމައިފި އެވެ.

ބޮއިންއިން ބުނީ އެ ކުންފުނީގެ މެނޭޖްމަންޓަށް ބޮޑެތި ބަދަލުތަކެއް ކުރިޔަށް އޮތް ތަނުގައި އަންނާނެ ކަމަށާއި، މި އަހަރަ ށްފަހު މުޅިން އާ މެނޭޖްމަންޓެއް ކުންފުންޏާ ހަވާލުވާނެ ކަމަށެވެ.

ބޮއިންގެ ސީއީއޯއަކަށް ކަލްހޫން އައްޔަނުކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އެއީ އެ މަގާމުގައި އޭރު ހުރި ޑެނިސް މުއިލެންބާގް ވަކިކުރުމާ ގުޅިގެންނެވެ.

ފަހަކަށް އައިސް ބޮއިންއިން އުފައްދާ މަތިންދާ ބޯޓުތަކުގައި ސަލާމަތީ ކަންކަމާ ގުޅޭ މައްސަލަތަައް ފެންމަތިވަމުން އަންނައިރު، އެކަމާ ގުޅޭ މައްސަލަތައް ކޯޓުތަކުގައި އަންނަނީ ހިނގަމުންނެވެ.

ބޮއިންއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް މަސައްކަތްތަަކެއް ކުރެވެމުންދާ ކަމަށް ކަލްހޫން ވަނީ މީގެ ކުރިން ބުނެފަ އެވެ. ނަމަވެސް ބޮއިންގެ ފްލައިޓުތަކަށް ދިމާވާ މައްސަލަތައް ހައްލުނުވެ، ދިގުލައިގެންދާ މައްސަލައިގައި އޭވިއޭޝަން އިންޑަސްޓްރީގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.