Advertisement

ކަރަންޓު ބިލާއި ފެން ބިލުގެ ޖޫރިމަނާ މައާފުކުރަން ނިންމައިފި

24 މާރިޗު 2024 - 19:49 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ޑރ. މުހައްމަދު މުއިއްޒު; ކަރަންޓު ބިލާއި ފެން ބިލުގެ ޖޫރިމަނާ މައާފުކުރަން ވަނީ ނިންމާފައި -- ފޮޓޯ: އިޔާދް/ އަދަދު


ކަރަންޓު ބިލާއި ފެން ބިލުގެ ޖޫރިމަނާ މައާފުކުރަން ނިންމައިފި

24 މާރިޗު 2024 - 19:49 0

ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތަކުގެ ޖޫރިމަނާ މާފުކޮށްދޭން ނިންމައިފި އެވެ.

ސޯޝަލް މީޑިއާ އެކްސް ގައި މިއަދު ލިއުއްވި ލިއުމެއް ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމަވައި, ކަމާބެހޭ ކުންފުނިތަކަށް އަންގަވާފައިވާ ކަމަށެވެ.

އޭގެ އިތުރަށް ބިލަށް ނުދެއްކި ހުރި ފައިސާ ލުއިގޮތަކަށް ދެއްކޭނެ ގޮތަކަށް އެއްބަސްވުން ހެދުމަށް ވެސް ޔޫޓިލިޓީ ކުންފުނިތަކަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން ނިންމެވި ނިންމުމެކެވެ.

މި އަހަރުގެ ރޯދަމަހު ކަރަންޓާއި ފެން ބިލު ބޮޑުނުވާނެ ގޮތަށް "ކެޕް" ކުރަން ނިންމާފައިވާ ކަމަށް ރައީސް ވަނީ މީގެ ކުރިން ހާމަކުރައްވާފަ އެވެ.

ބ. އަތޮޅަށް ކުރެއްވި ދަތުރެއްގެ ތެރެއިން އާއްމު މަސްމަހުގައި ގޭބިސީތަކުގެ ބިލަށް އަރާ މިންވަރެއްވުރެ ބޮޑުނުވާނޭގޮތަށް ބިލުކުރުމަށް އެ ހިދުމަށް ފޯރުކޮށްދޭ ކުންފުނިތަކަށް އަންގާފައިވާކަމަށް އެ ދުވަހު ރައީސް ވިދާޅުވި އެވެ.

"އާންމު މަހެއްގަ އެ ހުންނަ ރޭޓްގަ ކެޕް ކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެ، އާންމު މަހެއްގަ ހުންނަ މިންވަރަށް ރޯދަ މަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ފެނަކައާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއިން އެކަމުގައި ސަރުކާރުން އެދުނުގޮތަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.