Advertisement

ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް އެމްޑީޕީން ގާނޫނީ އެހީ ފޯރުކޮށްދޭން ނިންމައިފި

24 މާރިޗު 2024 - 18:44 0

ނިމާ ހަސަން

ނިމާ ހަސަން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ: އަދަދު


ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް އެމްޑީޕީން ގާނޫނީ އެހީ ފޯރުކޮށްދޭން ނިންމައިފި

24 މާރިޗު 2024 - 18:44 0

ސަރުކާރު ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ, ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާނަމަ އެ ޕާޓީއަށް އީމެއިލް މެދުވެރިކޮށް ހިއްސާކޮށްދިނުމަށް އެމްޑީޕީން އެދެ އެވެ.

"މި ޕާޓީގެ ފަރާތުން މިހެން ވަޒީފާއިން ކަނޑާލާ ފަރާތްތަކަށް ގާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދަންނަވަމެވެ." އެމްޑީޕީން ބުންޏެވެ.

ސިޔާސީ ގޮތުން ބިރުދައްކާ, ވަޒީފާއިން ވަކިކުރާ މީހުންނަށް އެހީތެރިވާން އެމްޑީޕީން ނިންމިއިރު, އެ ޕާޓީގެ އެމްޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އއ. މާޅޮހަށް ކުރެއްވި ދަތުރުފުޅެއްގައި މަރުހަބާ ކިޔަން ނިކުތް މީހަކު ވަޒީފާއިން ވަކިކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެމްޑީޕީން މާޅޮހަށް ކުރި ދަތުރުގެ ތެރެއިން; މަރުހަބާ ކިޔަން ބައްދަލުކުރި ސްޓެލްކޯގެ މެނޭޖަރަކު ވަޒީފާއިން ވަކިކުރި ކަމަށް ފައްޔާޒް ވިދާޅުވޭ


ފައްޔާޒް ވިދާޅުވީ އެ ދަތުރުގައި މަރުހަބާ ކިޔަން ބައްދަލުކުރި ސްޓެލްކޯގެ މެނޭޖަރު އަހްމަދު ލަތީފް މިއަދު ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށެވެ. އަދި ލ. މައިބާދޫ ސްޓޭޝަން މެނޭޖަރު ހަސަން ޝައުގީ ވެސް ވަނީ އެއްވެސް ހައްގަކާނުލާ މިއަދު ވަޒީފާއިން ވަކިކޮށްފައި ކަމަށެވެ.

އޭނަ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓި ނެތީސް އިދިކޮޅު ޕާޓީގެ އިސްވެރިންނާ ބައްދަލުކުރާ މީހުން ވަޒީފާއިން ވަކިކުރާނަމަ, މަޖިލީހހުގެ މެޖޯރިޓީ ލިބިއްޖެނަމަ މި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދާނެ ކަމަށެވެ.