24 މާރިޗު 2024 - 06:36 1
ހަސަން މުހައްމަދު
24 މާރިޗު 2024 - 06:36 1
ބައި ލައްކައަށް ވުރެ ގިނަ ދިވެހި ރައްޔިތުން ތަމްސީލު ކުރާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފިކުރު ނައްތާލަންޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ނައިބު ހަސަން ޒިހާން ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖެއަށް ޑިމޮކްރަސީ ތައާރަފު ކުރި ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ ނައްތާލަންޖެހޭ ކަމަށް ޒިހާން ވިދާޅުވީ، އެމްޑީޕީގެ ލޯގޯ ބަދަލުކޮށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޖެހި ޕޯސްޓެއް ރިކޯޓު ކުރެއްވުމަށްފަހެވެ.
"... މި ގަމާރު އެމްޑީޕީ ފިކުރު ހަމަ އެއްކޮށް ނައްތާލަންޖެހޭ،" އިނގިރޭސިބަހުން ޒިހާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ފިކުރު ނައްތާލަންޖެހޭ ކަމަށް ޒިހާން ވިދާޅުވީ އެމްޑީޕީއަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހެވެ. ނަމަވެސް އޭނާ ކުރި ތުހުމަތުތައް ކުރަންޖެހުނު ސަބަބެއް ނުވަތަ އޭގެ ހެއްކެއް ޒިހާން ނުދައްކަ އެވެ.
މައި އިދިކޮޅު ފިކުރު ނައްތާލަންޖެހޭ ކަމަށް ޒިހާން ވިދާޅުވިއިރު އެމްޑީޕީއަކީ އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. އެ ޕާޓީގައި 52،142 މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކަ އެވެ. އެއީ ރާއްޖޭގައި އުޅޭ ދިވެހިންގެ އާބާދީގެ 13 ޕަސެންޓު މީހުންނެވެ. އޭގެ އިތުރުން، ގިނަ ޕާޓީ ހިމެނޭ ރިޔާސީ އިންތިހާބުތައް 2008 ގައި ބާއްވަން ފެށި ފަހުން އެމްޑީޕީން ދެ ފަހަރު ވެރިކަން ކޮށްފައިވެ އެވެ.
އެމްޑީޕީ ފިކުރު ނައްތާލަންޖެހޭ ކަމަށް ޒިހާން ވިދާޅުވުމުން އޭނާއަށް އާންމުންގެ ފަރާތުން ދަނީ ވަރަށް ގިނަ ފާޑުކިޔުން އަމާޒުވަމުންނެވެ. އެގޮތުން ޒިހާން ބޭނުންވަނީ ހަމައެކަނި ފިތުނަ އާއި ނަފުރަތު ފަތުރަން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
"މީނާގެ ފަރާތުން ވާ ހެވަށް ވުރެ ނުބައި ބޮޑު. އަބަދުމެ އެ އުޅެނީ ނަފުރަތު ފެތުރުމުގައި،" ޒިހާނަށް ރައްދު ދީ މީހަކު ބުންޏެވެ.
ސޯޝަލް މީޑިއާގައި ޒިހާނަށް ރައްދު ދިން އެހެން މީހަކު ބުނެފައި ވަނީ އޭނާ ފަތުރަނީ "އަނިޔާވެރި" އަދި "ޖާހިލު" ވިސްނުމެއް ކަމަށެވެ.
"ތިމާއާ އެއްބަސްނުވެވޭ އެހެން ހުރިހާ ފިކުރެއް ނައްތާލުމަކީ އަނިޔާވެރި އަދި ޖާހިލިއްޔަ ޒަމާނުގެ ނުބައި ވިސްނުމެއް،" އެހެން މީހަކު ބުނެފައި އޮތެވެ.
ދަރިމައިނުވާތީ ދޭންޖެހޭ އައިވީއެފްގެ ފަރުވާ ދޭންޖެހޭ މިންވަރު ގިނަވަނީ ބަދުއަހުލާލީ ފިލްމު ބަލާތީ ކަމަށް މީގެ ކުރިން ވިދާޅުވެގެން ވެސް ޒިހާނަށް ވަރަށް ގިނަ ފާޑުކިޔުން އަމާޒުވި އެވެ.
"ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަކީ ބަރަހަނާ މަންޒަރުތަކަށް ދެވިހިފާފަ ތިބި މީހުން ކަމަށް ތުހުމަތު ކުރުމަކީ ވަރަށް އިހުތިރާމުކުޑަ އަމަލެއް," ޒިހާނަށް ރައްދު ދީ އެއިރު މީހަކު ސޯޝަލް މީޑިއާގައި ބުނެފައި އޮތެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި، މައި އިދިކޮޅު ފިކުރު ނައްތާލަންޖެހޭ ކަމަށް ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވިއިރު، ގިނަ ފިކުރުތަކާއެކު ހަރަކާތްތެރިވެ، އެހެން މީހުންގެ ހިޔާލަށް އިހުތިރާމް ކުރުމަކީ ޑިމޮކްރަސީގެ އެންމެ ބޮޑު އަސާސެވެ.
އެމްޑީޕީގެ ލޯގޯއަށް ބަދަލުތަކެއް ގެނައުމަށްފަހު ޕޯސްޓެއް ކުރުމުން ހެލްތު މިނިސްޓަރަށް ވެސް ވަރަށް ގިނަ ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް އެ މޭރުމުން ވާހަކަ ދެއްކުމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވައި "ކެމްޕެއިން" ކުރުން ހުއްޓާނުލުމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ބައެއް އިސް ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކެޕްޓަން އަމީން
12 months ago
ހުވާ މިބުނީ މިސޮރު ހެދި ބޯހަލާކު. ބޮލުރޮދި ކެނޑިފައި .އެކަމު މީނަ ގޮވައިގެން އުޅެންޖެހެނީ. މައި މޯސްޓު ޓްރަސްޓަބުލް ކޮލީގް.
Comment