Advertisement

ފަލަސްތީނުގެ ރައްޔިތުން ކަމަށް ބުނެ އުރުދުންގެ ބަޔަކު މާލޭގައި ސަލާން ޖަހަނީ

22 މާރިޗު 2024 - 16:09 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގެ ގެޔެއްގައި ނަގާފައިވާ ފަލަސްތީނުގެ ދިދައެއް: - ފޮޓޯ: އަދަދު


ފަލަސްތީނުގެ ރައްޔިތުން ކަމަށް ބުނެ އުރުދުންގެ ބަޔަކު މާލޭގައި ސަލާން ޖަހަނީ

22 މާރިޗު 2024 - 16:09 1

ފަލަސްތީނަށް ނިސްބަތްވާ ބަޔަކަށް ހެދިގެން މާލޭގައި އުރުދުންގެ ދެމަފިރިޔަކު ސަލާން ޖަހަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މިކަން ފެންމަތި ވުމުގެ ސަބަބުން އެ ދެމަފިރިން އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އެ ދެ މީހުންނަކީ އުރުދުންގެ ދެ މީހުން ކަމަށް ޕާސްޕޯޓުން ދައްކާ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބައެެއް ކަމުން އިމިގްރޭޝަނާ ގުޅިގެން އެ މީހުން އަންނަ ހަފުތާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި ދެމަފިރިން މާލޭގެ އެކި ސަރަހައްދުތަކުގައި ސަލާން ޖަހަނީ އެ ދެމީހުންގެ ދަރިފުޅުވެސް ގޮވައިގެންނެވެ. އަދި އެ މީހުންނަކީ ފަލަސްތީނުގެ އާއިލާއެއް ކަމަށް ބުނެ ގިނަ މީހުންގެ އަތުން ފައިސާ ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމަފިރިން މީގެ ކުރިންވެސް ރާއްޖެ އައިސް ސަލާން ޖަހާފައިވެ އެވެ. އެ ފަހަރުވެސް ސަރުކާރުން އެ މީހުން ފޮނުވާލި އެވެ.