Advertisement

ނޯޓް މޮނޯއަކާއި ސްކޮޓް ވޮލްފް ފިހާރަ ހުޅުމާލޭގައި ހުޅުވައިފި

22 މާރިޗު 2024 - 23:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލޭގައި ރޭ ހުޅުވި ނޯޓް ކޮސްމެޓިކް ފިހާރަ . -- ފޮޓޯ: އިޔާދު/ އަދަދު


ނޯޓް މޮނޯއަކާއި ސްކޮޓް ވޮލްފް ފިހާރަ ހުޅުމާލޭގައި ހުޅުވައިފި

22 މާރިޗު 2024 - 23:39 0

ނޯޓް ކޮސްމެޓިކް މޯލްޑިވްސްގެ މޮނޯއަކާއި ސްކޮޓް ވޮލްފްގެ ފިހާރައެއް ހުޅުމާލޭގައި މިރޭ ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުވައިދެއްވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓާ އައިޝަތު ނަހުލާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ އިތުރުން މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު އަފްނާން ރަޝީދު އެވެ.

ނޯޓު މޮނޯ އަދި ސްކޮޓްވޮލްފް ފިހާރަ ހުންނަނީ ހުޅުމާލޭގެ ފިތުރޯން މަގުގައި ހުންނަ އޯޝަން ފްރޮންޓް ރެޒިޑެންސްގަ އެވެ.

ރޯދަ މަހު މި ފިހާރަ ހުޅުވިފައި ހުންނާނީ މެންދުރު 1:00 އިން ހަވީރު 05:00 އަށެވެ. އަދި ރޭގަނޑު 8:30 އިން 10:30 ޖަހަންދެންވެސް ފިހާރަ ހުޅުވާނެ އެވެ.



ޒީނަތްތެރިވުމަށް ބޭނުންވާ ސާމާނު ވިއްކާ ނިއުއެޑިޝަނުން "ނޯޓް" ބްރޭންޑްގެ ކޮސްމެޓިކްސް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައި ވަނީ 2018 ގަ އެވެ.

ތުރުކީގެ އުފެއްދުމެއް ކަމަށްވާ ނޯޓް ބްރޭންޑްގެ ފައުންޑޭޝަނާއި، އައިލައިނާގެ އިތުރުން ލިޕްސްޓިކް ފަދަ މޭކަޕް ކުރުމަށް ބޭނުންވާނޭ ސާމާނު، ނޯޓު ކޮސްމެޓިކްސްއިން ލިބެ އެވެ.

ދުނިޔޭގައި ނަން މަޝްހޫރު ޖިމްވެއާ ބްރޭންޑެއް ކަމަށްވާ ސްކޮޓް ވޮލްފްގެ ފިހާރައެއް މާލޭގައި ހުންނައިރު، ހުޅުމާލޭގައި އެ ބްރޭންޑުގެ ފިހާރަ ހުޅުވީ، ބނޯޓު ކޮސްމެޓިކްސް ފިހާރައާއެކު އެކުގައި އެއް ތަނެއްގަ އެވެ.