Advertisement

އަޔަލޭންޑްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

20 މާރިޗު 2024 - 22:06 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އަޔަލޭންޑްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

20 މާރިޗު 2024 - 22:06 0

އަޔަލޭންޑްގެ ބޮޑުވަޒީރު ލިއޯ ވަރަޑްކާ މަގާމުން އިސްތިއުފާ ދެއްވާނެކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

ޑަބްލިންގައި ބޭއްވި ނޫސްވެރިންނާ ބައްދަލުވުމެއްގައި ވަރަޑްކާ ވިދާޅުވީ އަޔަލޭންޑްގެ އާ ބޮޑުވަޒީރަކު ހޮވުމާއެކު މަގާމު ދޫކޮށްލައްވާނެ ކަމަށެވެ.

ބޮޑުވަޒީރުކަމުގެ އިތުރުން ވެރިކަން ކުރާ ފައިން ގައެލްގެ ޕާޓީގެ ލީޑަރުކަމުންވެސް އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ވަރަޑްކާ ވިދާޅުވި އެވެ.

އުމުރުން 45 އަހަރުގެ ވަރަޑްކާ ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އަމިއްލަ ސަބަބުތަކުގެ އިތުރުން ސިޔާސީ ސަބަބުތަކަށްޓަކާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ކުރިމަގާ ގުޅޭގޮތުންވެސް ވަރަޑްކާ ވިދާޅުވީ ސިޔާސީ ގޮތުންވެސް އަދި އެހެން ގޮތަކުންވެސް ކުރިޔަށްދާނެ ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

އަޔަލޭންޑްގެ ބޮޑުވަޒީރުކަމާ 2017 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ވަރަޑްކާ ވަނީ އެ ގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރުގެ އިތުރުން ހެލްތު މިނިސްޓަރު އަދި ސޯޝަލް ޕްރޮޓެކްޝަން މިނިސްޓަރުގެ މަގާމުވެސް އަދާކޮށްފަ އެވެ.