Advertisement

ސްޓޮކު އާވެ، ބާޒާރުގައި އަނެއްކާ ވެސް ކުރުނބާ ތިޔާގިވެއްޖެ

19 މާރިޗު 2024 - 13:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާޒާރުގައި ކުރުނބާ މިއަދު ތިޔާގިވުން، އިއްޔެ ފެނުނީ ކުރުނބާ ވަރަށް މަދުކޮށް -- ފޮޓޯ: އިޔާދު / އަދަދު


ސްޓޮކު އާވެ، ބާޒާރުގައި އަނެއްކާ ވެސް ކުރުނބާ ތިޔާގިވެއްޖެ

19 މާރިޗު 2024 - 13:25 0

މާލޭ ދަތުރުވެރިންގެ މާރުކެޓުގައި ކުރުނބާ މިއަދު ވަރަށް ބޮޑަށް ތިޔާގިވެއްޖެ އެވެ.

ބާޒާރުގެ ގޮޅިއެއްގައި މަސައްކަތްކުރާ މީހަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ކުރުނބާ މިއަދު ތިޔާގިވީ ރޭ ރަށްރަށުން ކުރުނބާ ލިބުމުން ކަމަށެވެ.

ބާޒާރުގައި ކުރުނބާ ލިބެން ހުރީ 25ރ. އިން ފެށިގެން 50ރ. އާ ދެމެދުގެ އަގެއްގަ އެވެ. ގަބުޅި ލިބެން ހުރީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ކާށި ލިބެން ހުރީ 5ރ. އާއި 15ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މިރުހުގެ އަގުތަކަށް ބަލާއިރު ކަނޑޫދޫ މިރުހުގެ 100 ގްރާމު 40ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގައި ލިބެން ހުރިއިރު، ލާމު މިރުހުގެ 100 ގްރާމު ލިބެން ހުރީ 40ރ. އަށެވެ. އަދި ލަންކާ މިރުހުގެ 100 ގްރާމު ލިބެން ހުރީ 35ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ތަރުކާރީއަށް ބަލާއިރު ލީކްސް ކިލޯއެއް ބާޒާރުން ލިބެން ހުރީ 70ރ. އާއި 80ރ. އާ ދެމެދުގެ އަގެއްގައި ކަމަށްވާއިރު، ކެބެޖު ކިލޯއެއްގެ އަގު ހުރީ 40ރ. އަށެވެ. އަދި ކެޕްސިކަމް ކިލޯއެއް 60ރ. އަށް ހުރިއިރު، ބީންސް ކިލޯއެއްގެ އަގު ހުރީ 65ރ. އަށެވެ.

ކިއުކަމްބާ ކިލޯއެއް 30ރ. އަށް ލިބެން ހުރިއިރު، ލޭޑީސް ފިންގާ ކިލޯއެއްގެ އަގު ހުރީ 60ރ. އަށެވެ. އަދި ތޮރާ ކިލޯއެއްގެ އަގު ހުރީ 35ރ. އަށެވެ.


މީގެ އިތުރުން ބަރަބޯ ކިލޯއެއް 35ރ. އަށް ހުރިއިރު، ކައްޓަލަ ކިލޯއެއްގެ އަގު ވަނީ 45ރ. އާއި 50ރ. ދެމެދުގެ އަގަކަށް ވެއްޓިފަ އެވެ. އަދި ބަނބުކޭލެއްގެ އަގު އުޅެނީ 40ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ބާޒާރުގައި އެހެން ދުވަސްތަކަކާ އެއްގޮތަށް މިއަދު ވެސް މޭވާ ތިޔާގިކޮށް ފެނިގެންދިޔައިރު، ކަރާ ކިލޯއެއް ލިބެން ހުރީ 13ރ. އާއި 18ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި އަލަނާސި ކަރާ ކިލޯއެއްގެ އަގު ހުރީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ.

އާފަލެއްގެ އަގު 5ރ. އާއި 6ރ. އަށް ހުރިއިރު، އޮރެންޖެއްގެ އަގު އުޅެނީ 9ރ. އާއި 10ރ. އާ ދެމެދުގެ އަގެއްގައިކަން ފާހަގަކޮށްލެވެ އެވެ. އަދި އަންނާރު ކިލޯއެއް ހުރީ 110ރ. އަށް ކަމަށްވާއިރު، ޖުމްހޫރީ މޭވާ ކިލޯއެއް ހުރީ 120ރ. އާއި 130ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ގްރޭޕްސްގެ ހުރިހާ ބާވަތެއް ވެސް 18ރ. އަށް 100 ގްރާމު ލިބެން ހުރިއިރު، ސްޓްރޯބެރީގެ 250 ގްރާމުގެ ތަށްޓެއް ލިބެން ހުރީ 40ރ. އާއި 70ރ. އަށެވެ. އަދި ދޮންކެޔޮ ކިލޯއެއް ހުރީ 40ރ. އާއި 70ރ. އާ ދެމެދުގެ އަގެެއްގަ އެވެ.

ޕިއާސް ކިލޯއެއްގެ އަގު 120ރ. އަށް ހުރިއިރު، ރޯ ކަދުރު ކިލޯއެއްގެ އަގު ހުރީ 40ރ. އަށެވެ. އަދި ފަޅޯ ކިޅޯއެއްގެ އަގު އުޅެނީ 45ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ.