Advertisement

މަޖިލީހުން ފާސްކުރިތާ 26 ދުވަސް، ބްރޯޑްކޮމްއަށް ނުޒުހާ އަދިވެސް އައްޔަން ނުކުރޭ

18 މާރިޗު 2024 - 11:21 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ބްރޯޑްކޮމްއަށް އައްޔަންކުރަން މަޖިލީހުން ފާސްކުރި އައިމިނަތު ނުޒުހާ -


މަޖިލީހުން ފާސްކުރިތާ 26 ދުވަސް، ބްރޯޑްކޮމްއަށް ނުޒުހާ އަދިވެސް އައްޔަން ނުކުރޭ

18 މާރިޗު 2024 - 11:21 1

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލާފައިވާ ނަންތަކުގެ ތެރެއިން ފެބްރުއަރީ، 21، ގައި މަޖިލީހުން ފާސްކުރި އައިމިނަތު ނުޒުހާ އަދިވެސް އެ ކޮމިޝަނަށް އައްޔަންކޮށްފައިނުވާކަން އެނގިއްޖެ އެވެ.

މިކަމާ ގުޅިގެން "އަދަދު" އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، މަޖިލީހުން ފާސްކުރި ގޮތަށް ނުޒުހާ ވަރަށް އަވަހަށް ބްރޯޑްކޮމަށް އައްޔަން ކުރާނެ ކަމަށެވެ.

"ވަރަށް އަވަހަށް އައްޔަން ކުރައްވާނެ," ހަލީލު ފޮނުއްވި މެސެޖުގައިވެ އެވެ.

ބްރޯޑްކޮމަށް މެންބަރަކު އައްޔަންކުރަން ކުރީގެ ސަރުކާރުން ފޮނުވީ ފެބްރުއަރީ 8، 2023 ގަ އެވެ. ނަމަވެސް އެ މަސައްކަތް މަޖިލީހުގައި ދިގުލައިގެން ގޮސް އަހަރަކަށްވުރެ ގިނަދުވެސްވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލިސްޓުގެ އެންމެ ކުރީގައިވާ ނުޒުހާއަކީ މީގެ ކުރިން ވެސް ބްރޯޑްކޮމްއަށް ކުރިމަތިލައިފައިވާ އަދި ރައީސް އިސްކަންދެއްވާ ލިސްޓުގެ ކުރީގައި ހިމެނުނު ބޭފުޅެކެވެ. މީގެކުރިން ރާއްޖެ ޓީވީގައި އޭނާ މަސައްކަތް ކުރި އެވެ.

ބްރޯޑްކޮމްގެ ގޮނޑިއެއް ހުސްވީ 2019 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް އެ މަގާމުން އިސްތިއުފާ ދެެއްވުމާ ގުޅިގެންނެވެ. ގައިސް މަގާމުން އިސްތިއުފާ ދެއްވީ ޖެނުއަރީ 8, 2023 ގަ އެވެ.

ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އައިމިނަތު އަމީނާ އާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.