Advertisement

ހައުސިން މިނިސްޓަރުގެ ކޮމިޓީ ގަބޫލުނުކޮށް ސިޓީ ކައުންސިލުން އާ ކޮމިޓީއެއް!

17 މާރިޗު 2024 - 12:39 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހައުސިން މިނިސްޓަރުގެ ކޮމިޓީ ގަބޫލުނުކޮށް ސިޓީ ކައުންސިލުން އާ ކޮމިޓީއެއް!

17 މާރިޗު 2024 - 12:39 0

ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ކޮމިޓީގެ މުހިއްމު ނިންމުންތަކުގައި މާލޭ ސިޓީ ކައުންސިލުގެ ބައިވެރިވުން ބޭއްވުމަށް ސަރުކާރުން އެކުލަވައިލި ކޮމިޓީ ގަބޫލުނުކޮށް، މޭޔަރު އާދަމް އާޒިމް ކޮމިޓީއެއް މިއަދު އެކުލަވާލައިފި އެވެ.

އާދަމް އާޒިމް ވިދާޅުވީ މިއަދު އެކުލަވައިލި ކޮމިޓީގައި ހިމެނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ކައުންސިލްގެ ހަތަރު މެމްބަރެއް ކަމަށެވެ. އެ މެމްބަރުންނަކީ،

  • އަހުމަދު ޒަމީރު
  • މަރިޔާމް ނާޒިމާ މުހައްމަދު ފާއިޒު
  • އާއިޝަތު ނިޒްލީ ރަޝީދު
  • މުހައްމަދު އަރީޝް

"މި ކޮމިޓީ އަޅުގަނޑުމެން މިނިސްޓްރީ އަށް މިއަދު ފޮނުވާނަން،" އާޒިމް ވިދާޅުވި އެވެ.

މާލޭން ގޯއްޗާއި ފްލެޓު ދޫކުރާ މީހުން ކަނޑައެޅުމުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން އޮންނަން ފެންނަ ކަމަށް ސިޓީ ކައުންސިލުން ދާދި ފަހުން ފާސްކޮށް، ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި ވަނިކޮށް އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، ކައުންސިލްގެ މެމްބަރުން ހިމަނައިގެން އަމިއްލަ އަށް ކޮމިޓީއެއް އެކުލައިލި އެވެ.

ކުރީ ސަރުކާރުން އިއުލާނު ކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ތަހުގީގު ކުރުމަށް ފަހު އޭސީސީން ވަނީ އޭގެތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށް ބުނެފަ އެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 މީހުންނަށް ފުލެޓު ދީފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މިދިޔަ ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓު ދޭން ނިންމައިފަ އެވެ. ފުލެޓުތަކަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވި އެވެ.

ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅީ ތިން ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އަކަށް ވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނާއި ދެ ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެިން 73 އަކަށްށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނަށެވެ.

އޭސީސީގެ ތަހުގީގާ ގުޅިގެން ހައުސިން މިނިސްޓަރީން ވަނީ ފުލެޓު ލިސްޓު އަލުން އިވެލުއޭޓު ކުރުމަށް ނިންމައިފަ އެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމައި ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެެޓާއި ގޯތި ދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.