Advertisement

ރެޝްފޯޑް ވިއްކާލާކަށް ބޭނުމެއް ނޫން: ޓެން ހާގް

16 މާރިޗު 2024 - 12:36 0


ރެޝްފޯޑް ވިއްކާލާކަށް ބޭނުމެއް ނޫން: ޓެން ހާގް

16 މާރިޗު 2024 - 12:36 0

މެންޗެސްޓާ (މާޗު 16) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ އިންގްލެންޑްގެ ފޯވަޑް މާކަސް ރެޝްފޯޑް ވިއްކާލަން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ޔުނައިޓެެޑުން މިދިޔަ އަހަރުގެ ޖުލައި މަހު ރެޝްފޯޑްގެ ކޮންޓުރެކްޓް އާކުރިއެވެ. އާ ކޮންޓުރެކްޓްގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެކަމަކު މި ސީޒަނަށް ފަހު ޔުނައިޓެޑްގައި ރެޝްފޯޑް ،26، މަޑުކުރާނެކަމާމެދު ސުވާލު އުފެދި، ގިނަ އަޑުތަކެއް މިހާރު ދަނީ ފެތުރެމުންނެވެ. ހާއްސަކޮށް، ޕީއެސްޖީ އަށް އަންނަ ސީޒަންގައި އޭނާ ބަދަލުވާން އުޅޭކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

ޑިސިޕްލިންގެ މައްސަލައަކާ ގުޅިގެން، ޓެން ހާގް ވަނީ މި އަހަރުގެ ޖެނުއަރީ މަހު ރެޝްފޯޑް އަށް ފިޔަވަޅު އަޅައިފަ އެވެ. އަދި ރެޝްފޯޑް އާއި ޓެން ހާގްއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

އެކަމަކު، ޓެން ހާގް ބުނީ ޖުލައި މަހު ރެޝްފޯޑްގެ ކޮންޓުރެކްޓް އާކުރުމަށް ފަހު، މި އަހަރު އޭނާ ވިއްކާލުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

"ޔުނައިޓެޑުން މިދިޔަ އަހަރު އޭނާ ކޮންޓުރެކްޓް ޢާކުރީ މި ސީޒަނަށް ފަހު އޭނާ ވިއްކާލާކަށް ނޫން،" ޓެން ހާގް ބުންޏެވެ.

ޕީއެސްޖީ އަށް ރެޝްފޯޑް ވިއްކާލާނެ ވާހަކަތަކެއް ފެތުރުނު އެއް ސަބަބަކީ ޔުނައިޓެޑުން ވެސް ޕްރިމިއާ ލީގާއި ޔުއޭފާގެ މާލީ ގަވައިދުތަކަށް މާލީ ކަންތައްތައް ފައްތަންޖެހޭތީ އެވެ.

ރެޝްފޯޑް އަކީ ޔުނައިޓެޑްގެ އެކަޑަމީން ނިކުތް ކުޅުންތެރިއަކަށްވަތީ، އޭނާ ވިއްކާލައިގެން ލިބޭ ހުރިހާ ފައިސާއެއް ގުނާނީ ފައިދާގެ ގޮތުގަ އެވެ.

އެކަމަކު ޓެން ހާގްގެ ވާހަކަގައް ހުރި ގޮތަށްބަލާއިރު، އެ ކްލަބުން އަދި އެކަމަކަށް ނުވިސްނަ އެވެ.

ޔުނައިޓެޑްގެ އެކެޑަމީން ތަމްރީނުވި ރަޝްފޯޑް ގޯލު ޖެހުމުގެ ފޯމު މި ފަހަކަށްއައިސް ވަނީ ރަނގަޅުވެފަ އެވެ. އެންމެ ފަހުން ކުޅުނު 11 މެޗުގައި އޭނާ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ.