އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީ (ޑްރޯން) އެއް: މީގެ ތިން ޑްރޯން އެމްއެންޑީއެފްގެ ބޭނުމަށް ގެނެސްފައިވޭ -- ފޮޓޯ: އާއިދު/އަދަދު
ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް ގެނެސްފައިވާ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯންތައް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.
ނ. މާފަރުގައި އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި މީގެ ތިން ޑްރޯނެއް ދައްކާލާފަައިވެ އެވެ. މިއީ ކުރިން ވެސް "އަދަދު" އިން ރިޕޯޓުކޮށްފައިވާ ގޮތަށް ތުރުކީގެ ބައިކާރު ކުންފުނިން އުފައްތާ ބައިރަކުތާރު ޓީބީ-2 ޑްރޯންތަކެކެވެ.
މިރޭގެ ރަސްމިއްޔާތުގެ ތެރެއިން މިތަނުން ޑްރޯނެއް އުދުއްސާލާ ތަނާއި ކޮންޓްރޯލް ސެންޓަރު ދައްކާލާފައިވެ އެވެ.
ބައިކާރު ކުންފުނިން އުފައްދާ ޑްރޯންތަކުގެ ތެރެއިން އަސްކަރިއްޔާތަކުގެ މެދުގައި އެންމެ މަގުބޫލު ޑްރޯނަކީ ބައިރަކުތާރު ޓީބީ2 ޑްރޯންތަކެވެ. މިއީ ހަނގުރާމައިގެ މައިދާނުގައި އަމަލީ ގޮތުން ބައިވެރިވެ، ގާބިލިއްޔަތު ކަށަވަރުވެފައިވާ ޑްރޯންތަކެކެވެ.
އެމްއެންޑީއފްގެ ޑްރޯނެއް -- ފޮޓޯ: އަދަދު
ތުރުކީގެ މި ޑްރޯނަށް ޑިމާންޑު ބޮޑެވެ. ސަބަބަކީ މި ޑްރޯނުގެ ކޮލިޓީއަށް އިތުބާރު ލިބިފައި އަގު ހެޔޮ ވުމެވެ. މީގެ ޑްރޯނެއްގެ އަގު އުޅޭނީ ފަސް މިލިއަން ޑޮލަރަށެވެ. ކޮންޓްރޯލް ސްޓޭޝަނެއްގެ އަގަކީ ވެސް ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރެވެ.
މި ޑްރޯންތައް 31 ގައުމެއްގެ އަސްކަރިއްޔާއިން އަންނަނީ ބޭނުންކުރަމުންނެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment