Advertisement

ދިވެހި ސިފައިންގެ ވައިގެ ބާރު އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކޮށްފި

15 މާރިޗު 2024 - 22:22 0

އަމަން ހަލީމް

އަމަން ހަލީމް

އެމްއެންޑީއެފް އެއާ ކޯ ގެ ސިފައިން:


ދިވެހި ސިފައިންގެ ވައިގެ ބާރު އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކޮށްފި

15 މާރިޗު 2024 - 22:22 0

ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓޭނެ ގާބިލިއްޔަތު ގައުމީ ދިފާއީ ބާރުގައި ގާއިމުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން އެމްއެންޑީއެފް އެއާ ކޯ މިރޭ އިފްތިތާހުކޮށްފި އެވެ.

ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކުރީ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯންތައް ދިވެހި އަސްކަރިއްޔާއަށް ތައާރަފުކުރުމާ އެކީގަ އެވެ. މައުލޫމާތު ލިބެނީ މީގެ ތިން ޑްރޯން އަސްކަރިއްޔާގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

އަސްކަރިއްޔާގައި ޑްރޯން ބޭނުންކުރަން ފެށިއިރު، ތުރުކީން ޑްރޯންތައް ގަންނަ ހަބަރު އެންމެ ފުރަތަމަ "އަދަދު" އިން ރިޕޯޓުކުރި ދުވަހުން ފެށިގެން ސަރުކާރުން މިވީހާ ދުވަހު ޑްރޯންތަކެއް ގެންނަ ވާހަކައެއް ނުބުނެ އެވެ. ބުނަމުން އައީ އެމްއެންޑީއެފްއަށް ޒަމާނީ ޕްލެޓްފޯމްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

އެނގިފައިވާ ގޮތުގައި ތުރުކީން އަސްކަރީ ޑްރޯން ގަންނަން ސޮއިކުރި އެއްބަސްވުމުގެ އަގަކީ 570 މިލިއަން ރުފިޔާ އެވެ. އެކަމަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުގެ ފަރާތުން ހުށަހެޅުމުން ދިން ޖަވާބުގައި ޑިފެންސް މިނިސްޓްރީން ވަނީ ޑްރޯންތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރަން ދެކޮޅު ހަދާފަ އެވެ.

ޑްރޯންތައް ގެންނަން އުޅޭ ކަމަށް ފުރަތަމަ އިޝާރާތްކުރެއްވީ ރައީސް މުއިއްޒު ޗައިނާ ދަތުރަށް ފަހު އެނބުރި ވަޑައިގެން ދެއްކެވި ވާހަކައިގައި، އިންޑިއާއަށް އަމާޒުކޮށް ދޫކޮށްލެއްވި ބަހުގެ ހަމަލާތަކުގަ އެވެ.