Advertisement

އަނިޔާގެ ސަބަބުން ބެލްޖިއަމްގެ ސްކޮޑުން ޑި ބްރޭނާ ބާކީ ކޮށްފި

14 މާރިޗު 2024 - 17:56 0


އަނިޔާގެ ސަބަބުން ބެލްޖިއަމްގެ ސްކޮޑުން ޑި ބްރޭނާ ބާކީ ކޮށްފި

14 މާރިޗު 2024 - 17:56 0

ބްރުސެލްސް، ބެލްޖިއަމް (މާޗް 14) - ބެލްޖިއަމް ޓީމުގެ ކެޕްޓަން ކެވިން ޑި ބްރޭނާ އަށް އަރާމު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ ޓީމުން މި މަހު ކުޅޭ ރަހުމަތްތެރިކަމުގެ ދެ މެޗަށް ނެގި ސްކޮޑުން އޭނާ ބާކީ ކޮށްފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޑި ބްރޭނާ މި ސީޒަނުގައި ކުޅެމުން އަންނަނީ ކޮންމެސް ވަރެއްގެ އަނިޔާ އެއްގައި ހުރެ އެވެ. އެހެންވެ، ކްލަބް ލެވަލްގައި އޭނާ ކުޅެމުން އަންނަ، މެންޗެސްޓާ ސިޓީން ވެސް ޑި ބްރޭނާ ބޭނުން ކުރަނީ ވަރަށް ވިސްނުންތެރިކަމާ އެކު އެވެ.

މި މަހު ކުޅޭ ރަހުމަތްތެރި ކަމުގެ މެޗުތަކަށް ބެލްޖިއަމުން ނެގި ސްކޮޑުން ޑި ބްރޭނާ ބާކީ ކުރިކަން ހާމަކޮށް ބެލްޖިއަމްގެ ކޯޗު ޑޮމެނީކޯ ޓެޑެސްކޯ ބުނީ ޑި ބްރޭނާގެ ޑޮކްޓަރުންނާ ވާހަކަ ދައްކާފައިވާ ކަމަށާއި, އަދި ކުރިއަށް އޮތް ރަހުމަތްތެރިކަމުގެ ދެ މެޗު ޑި ބްރޭނާ ލައްވާ ކުޅުވައިގެން ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށެވެ.

"އަހަރެން ޑި ބްރޭނާގެ ޑޮކްޓަރުންނާ ވާހަކަ ދައްކައިފިން. ޑި ބްރޭނާ ކުޅެމުން އަންނަނީ އުކުޅުވަޅަށް ލިބިފައިވާ އަނިޔާއަކާ އެކު, އެހެންވެ, ޑޮކްޓަރުންނާ ވާހަކަ ދައްކާފައި މި ރިސްކު ނަގަން ބޭނުމެއް ނުވޭ" ޓެޑެސްކޯ ބުންޏެވެ.

ޓެޑެސްކޯ ބުނީ އޭނާ އުންމީދު ކުރަނީ ޑި ބްރޭނާ، ޔޫރޯ އަށް އެއްކޮށް ފިޓްވާނެ ކަމަށެވެ.

މި މަހުގެ 23 ވަނަ ދުވަހު ބެލްޖިއަމުން ރަހުމަތްތެރިކަމުގެ މެޗެއްގައި ނުކުންނާނީ އަޔަލެންޑާ ދެކޮޅަށެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު ރަހުމަތްތެރިކަމުގެ މެޗުގައި ބެލްޖިއަމް ކުޅޭނީ އިންގްލެންޑާ ދެކޮޅަށެވެ.