Advertisement

ބާޒާރުގައި އަގު އުފުލި، އޮރެންޖެއް 9ރ. އަށް

14 މާރިޗު 2024 - 15:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާޒާރުގައި އޮރެންޖު ވިއްކަން ބަހައްޓާފައި: އޮރެންޖެއް އެންމެ އަގުހެޔޮކޮށް ލިބެނީ 8ރ. އަށް -- ފޮޓޯ؛ އިޔާދު / އަދަދު


ބާޒާރުގައި އަގު އުފުލި، އޮރެންޖެއް 9ރ. އަށް

14 މާރިޗު 2024 - 15:49 0

ބާޒާރުގައި އޮރެންޖުގެ އަގު މަޑުމަޑުން އުފުލި، އޮރެންޖެއް 9ރ. އަށް ވިއްކަން ފަށައިފި އެވެ.

މާލޭ ލޯކަލް މާރުކޭޓުގައި އޮރެންޖެއް މިހާރު 8ރ. ނުވަތަ 9ރ. އަށް ލިބެންހުރިއިރު، މާލޭގެ ރީޓެއިލް ފިހާރަތަކުން އޮރެންޖެއް ލިބެނީ 12ރ. އާއި 13ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މާރުކޭޓުގައި މަސައްކަތް ކުރާ މީހަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އޮރެންޖުގެ އަގު އުފުލިގެން ދަނީ ހޯލްސޭލްކޮށް ވިއްކާ ފަރާތްތަކުން ކޮންމެ ދުވަހަކު އަގު ބޮޑު ކުރަމުންދާތީ ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އޮރެންޖުގެ އަގު އުފުލިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިއަދު ވެސް މާރުކޭޓުގައި މޭވާ ތިޔާގިކޮށް ފެނިގެންދިޔައިރު، ކަރާ ކިލޯއެއް ލިބެން ހުރީ 18ރ. އާއި 20ރ އަށެވެ. އަދި ކުރުނބަލެއް ލިބެން ހުރީ 20ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ދިވެހި ޖުމްހޫރީ މޭވާ އަދިވެސް މާރުކޭޓުގައި ނެތްއިރު، މިއަދު އިންޑިއާ، ލަންކާ އަދި ޔުގާންޑާގެ ޖުމްހޫރީ މޭވާ ހުއްޓެ އެވެ. އަގު ހުރީ ކިލޯއެއް 140ރ. ގައި ހިފެހެއްޓިފަ އެވެ.

ފަޅޯ ކިލޯއެއް 60ރ އާއި 70ރ. އަށް ހުރިއިރު، ގްރޭޕްސްގެ އެކި ބާވަތްތަކުގެ 100 ގްރާމު 18ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަިއ ލިބެން ހުއްޓެ އެވެ. އަދި އަލަނާސި ކިލޯއެއް 65ރ. އަށް ލިބެން ހުއްޓެ އެވެ.

ފޭރު ކިލޯއެއް 85ރ އަށް ލިބެން ހުރިއިރު، މެންޑަރިން ކިލޯއެއް ލިބެން ހުރީ 65ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ބާޒާރުގައި ކަނޑޫދޫ މިރުހުގެ އިތުރުން ލާމު މިރުސް ހުރިއިރު، ލާމު މިރުހުގެ 100 ގްރާމު 70ރ. އަށް ލިބެން ހުއްޓެވެ. އަދި ކަނޑޫދޫ މިރުހުގެ 100 ގްރާމު ލިބެން ހުރީ 80ރ އަށެ އެވެ.

ބަނބުކެޔޮ ތިޔާގިކޮށް ފެނިގެންދިޔައިރު، މިއަދު ބަނބުކޭލެއް ލިބެން ހުރީ 30ރ. އާއި 40ރ. އަށް އެއްޗެކެ އެވެ. އަދި ރާއްޖެ ދޮންކެޔޮ ކިލޯއެއް 35ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގައި ލިބެން ހުއްޓެ އެވެ.

މީގެއިތުރުން ކާށީގެ އަގު 5ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ގަބުޅިއެއް ލިބެން ހުރީ 15ރ. އަށެވެ. އަދި ކިއުކަމްބާ ކިލޯއެއް ލިބެން ހުރީ 35ރ. އަށެވެ.

ފަތްޕިލާވެއްޔަށް ބަލާއިރު ކުއްޅަފިލާފަތް ބޮނޑިއެއް 20ރ. އާއި 15ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ކޮޕީފަތް ބޮނޑިއެއް ހުރީ 10ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ލެޓިއުސް ކިލޯއެއް 60ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ކަންކުން ފަތް ބޮނޑިއެއް ލިބެން ހުރީ 5ރ. އަށެވެ.

ބާޒާރުގައި ކެރެޓު ކިލޯއެއް 35ރ. އަށް ހުރިއިރު، ކެބެޖު ކިލޯއެއް ހުރީ 45ރ. އަށެވެ. އަދި ލޭޑީސް ފިންގާ 55ރ. އަށް ކިލޯއެއް ހުރިއިރު، ތޮރާ ކިލޯއެއް ލިބެން ހުރީ 25ރ. އަށް ކިލޯއެކެ އެވެ. ކެޕްސިކަމް ކިލޯއެއް ލިބެން ހުރީ 70ރ. އަށެވެ.