Advertisement

ބާޒާރުގައި މިރުހުގެ އަގު އަތް ނުފޯރާ ފަށުގައި

12 މާރިޗު 2024 - 19:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭ ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި މިރުސްތަކެއް މީހަކު ކޮތަޅަކަށް އަޅަނީ. ބާޒާރުގައި ރާއްޖޭގެ ގިނަ އުފެއްދުންތަކުގެ އަގު ރޯދަަަމަހު ބޮޑުވޭ. ފޮޓޯ:މުހައްމަދު ޝަހުުޒާން/އަދަދު


ބާޒާރުގައި މިރުހުގެ އަގު އަތް ނުފޯރާ ފަށުގައި

12 މާރިޗު 2024 - 19:00 0

ބާޒާރުގައި މިރުހުގެ އަގު އަތް ނުފޯރާ ފަށަށް ބޮޑުވެއްޖެ އެވެ.

މާލޭ ލޯކަލް މާރުކޭޓުގައި މިރުހުގެ އަގު މިއަދު އެވްރެޖުކޮށް ކިލޯއެއް 800ރ. އަށްވުރެ މަތީގައި ހުރިއިރު، އިއްޔެ ކިލޯއެއް ލިބެން ހުރީ 700ރ. އާއި 800ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މާރުކޭޓުގައި ލ. ގަމުގެ މިރުހުގެ އިތުރުން ކަނޑޫދޫ މިރުސް ލިބެން ހުރިއިރު، ކަނޑޫދޫ މިރުސް ލިބެން ހުރީ ގަމުގެ މިރުހަށްވުރެ އަގު ބޮޑު ކޮށެވެ. އެގޮތުން ގަމުގެ މިރުސް 70ރ. އަށް 100 ގްރާމު ލިބޭއިރު، ކަނޑޫދޫ މިރުހުގެ 100 ގްރާމު ލިބެން ހުރީ 85ރ. އަށެވެ.

މީގެއިތުރުން ދިގު މިރުސް މަދުން ނަމަވެސް މާރުކޭޓުގައި ހުރިއިރު އެ މިރުހުގެ 100 ގްރާމުގެ އަގު އުޅެނީ 10ރ. އަށެވެ.

ބާޒާރުގައި އިއްޔެ ދޮންކެޔޮ މަދުކޮށް ހުރި ނަމަވެސް، މިއަދު ދޮންކެޔޮ ވަނީ އިއްޔެއަށްވުރެ ތިޔާގިވެފަ އެވެ. އަދި ދޮންކެޔޮ ކިލޯއެއް މިއަދު 40، 50، 60 އަދި 65ރ. އަށް ލިބެން ހުއްޓެވެ.

ކަރާގެ އަގު އިއްޔެއާ އެއްވަރެއްގައި 20ރ. ގައި ހިފެހެއްޓިފައިވާއިރު، ބައެއް ގޮޅިތަކުން 18ރ އަށްވެސް ކިލޯއެއް އަންނަނީ ވިއްކަމުންނެވެ. އަދި ލުނބޯ ކިލޯއެއް އިއްޔެއާ އެއްވަރެއްގައި މިއަދުވެސް ލިބެން ހުރީ ކިލޯއެއް 70ރ. އަށެވެ.

ކިއުކަމްބާގެ އަގު 30ރ. އާއި 40ރ. އާ ދެމެދު ހުރިއިރު، ޓޮމާޓޯ ކިލޯއެއް ލިބެން ހުރީ 35ރ. އަށް ކިލޯއެކެވެ. އަދި ކެރެޓު ލިބެން ހުރީ 35ރ. އަށް ކިލޯއެކެވެ. ބަށި ކިލޯއެއް 65ރ. އަށް ހުރިއިރު، ބަޓާނާ ހުރީ ކިލޯއެއް 45ރ. އަށެވެ.

ފަތްޕިލާވެއްޔަށް ބަލާއިރު ބާޒާރުގައި ލެޓިއުސްގެ އަގު ހުރީ 50ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ. ކުއްޅަވަށް ބޮނޑިއެއް 10ރ. އިން 25ރ. އާ ދެމެދުގެ އަގަކަށް ހުރިއިރު، ކޮޕީފަތް ބޮނޑިއެއް ލިބެން ހުރީ 10ރ. އަށެވެ. އަދި ބަނބުކެޔޮ ކިލޯއެއް ލިބެން ހުރީ 40ރ. އަށެވެ.

މޭވާގެ ބާވަތްތަކަށް ބަލާއިރު މޭބިސްކަދުރު 15ރ. އާއި 20ރ. އާ ދެމެދު 100 ގްރާމު ލިބެން ހުއްޓެވެ. ސްޓްރޯބެރީ 250 ގްރާމުގެ ތަށްޓެއް 70ރ. އަށްލިބެން ހުރިއިރު، ފަޅޯ ކިލޯއެއް ލިބެން ހުރީ 50ރ. އަށެވެ. އަދި ކިވީ ކިލޯއެއް 150ރ އާއި 180ރ އަށް ހުރިއިރު، އޮރެންޖެއް ލިބެން ހުރީ 7ރ. އާއި 8ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި މެންޑެރިން ކިލޯއެއް ލިބެން ހުރީ 70ރ. އަށެވެ.

މީގެއިތުރުން އަނބު ކިލޯއެއް 150ރ. ގެ މަގުން ލިބެން ހުއިރު، އަލަ ކިލޯއެއް ލިބެން ހުރީ 50ރ. އަށެވެ. އަދި ކައްޓަލަ ކިލޯއެއް ލިބެން ހުރީ 45ރ. އަށް ކިލޯއެކެވެ.