Advertisement

ފަސްލައްކަ ރުފިޔާގެ ސްކޭމަކާ ގުޅިގެން މާފުށީ ޖަލުގެ ގޮޅިތައް ފާސްކޮށް 22 ފޯނު އަތުލައިގަނެފި

10 މާރިޗު 2024 - 21:45 0

މި އޮޕަރޭޝަނުގެ ތެރެއިން އަތުލައިގަތް ބައެއް ތަކެތި. ދޭތެރެދޭތެރެއިން ޖަލުން މިފަދަ ތަކެތި އަތުލައިގަނޭ --- ފޮޓޯ: ފުލުހުން


ފަސްލައްކަ ރުފިޔާގެ ސްކޭމަކާ ގުޅިގެން މާފުށީ ޖަލުގެ ގޮޅިތައް ފާސްކޮށް 22 ފޯނު އަތުލައިގަނެފި

10 މާރިޗު 2024 - 21:45 0

މަކަރާއި ހީލަތުގެ މައްސަލަތަކާ ގުޅިގެން މާފުށީ ޖަލުގެ ބައެއް ގޮޅިތައް ބަލައި ފާސްކޮށް 22 މޯބައިލް ފޯނު އަތުލައިގަނެފި އެވެ.

މިއީ ފުލުހުންނަށް ހުށަހެޅި ބަލަމުންދާ, މަކަރާއި ހީލަތުން ފަސްލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން މާޗު 6, ގައި ހިންގި އޮޕަރޭޝަނެކެވެ.

"މި އޮޕަރޭޝަނުގައި، މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައިފާސްކޮޮށް 22 މޯބައިލް ފޯނު، 10 ޗާޖަރު، 10 ހެޑްސެޓް/އެއާޕޮޑް، ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ," ފުލުހުން ހާމަކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.