Advertisement

ޗައިނާ ނުވަތަ އިންޑިއާއާ އެކުގައި ވެސް ސޮއިކުރާ އެއްބަސްވުންތައް ސިއްރުކުރުމުުން ކަންބޮޑުވޭ: ހަސަން

10 މާރިޗު 2024 - 10:27 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ދަ ޑިމޮކްރެެޓްސްގެ ރައީސް ހަސަން ލަތީފު އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަަވަނީ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޗައިނާ ނުވަތަ އިންޑިއާއާ އެކުގައި ވެސް ސޮއިކުރާ އެއްބަސްވުންތައް ސިއްރުކުރުމުުން ކަންބޮޑުވޭ: ހަސަން

10 މާރިޗު 2024 - 10:27 0

ރާއްޖޭން އެއްވެސް ގައުމުތަކާ އެކު ސޮއިކުރާ އެއްބަސްވުންތަކުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ރޭ ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ "އެއްޗެއް ކަޅެއް" ޕްރޮގްރާމްގަައި ހަސަން ލަތީފު ވިދާޅުވީ ދާދިފަހުން ސަރުކާރުން ޗައިނާއާ އެކު ސޮއިކުރި ސިއްރު އެއްބަސްވުމާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެ ކަންބޮޑުވުމަކީ އޭނާ ވިދާޅުވި ގޮތުގައި ކޮންމެހެން ވަކި ގައުމަކާ އެކު ސޮއިކުރި އެއްބަސްވުމަކަށް ވާތީ އޮތް ކަންބޮޑުވުމެއް ނޫނެވެ.

"ކަންބޮޑުވުން އިންތިހާއަށް އެބަހުރި، އެއީ ކޮންމެހެން ޗައިނާއާ އެކީ ސޮއިކުރާތީއެއް ނޫން، އެކަހަލަ އެއްބަސްވުމެއްގައި އިންޑިއާއާ އެކު ސޮއިކުރިޔަސް،" އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއާ އެކު ސޮއިކުރި، އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ހާމަކުރަން ވެސް އޭރުގައި ސަރުކާރަށް އޭނާ ބާރު އެޅުއްވި އެެވެ. އެ އެއްބަސްވުމުގައި ހުރި، ބައެއް މައުުލޫމާތު ނަމަވެސް ހާމަކޮށްދޭން އެދިވަޑައިގެންނެވުމުން އެކަންވީ ސަރުކާރަށް ވަރަށް އުނދަގޫ ކަމަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން [އަޅުގަނޑު] ބުނަމުން ދިޔައިން އޭރު ވެސް، ތި އެގްރިމެންޓް އަދި ނުދެއްކިޔަސް ވެސް، ތީގައި ދެވެން ހުރި މައުލޫމާތެއް ދޭންވީ ނުންހޭ ރައްޔިތުންނަށް، އެހެން ބުނެގެން ވަރަށް ގޯސްވެފައި އޮތީ،" ހަސަން ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުން އޭރު ދުށީ އެއީ އެޕާޓީގެ ޗެއާޕާސަން ބުނެގެން ވާނެ ވާހަކައެއް ނޫން ކަމަށެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކުރަން އޭރު އިދިކޮޅުގައި ތިބެގެން އެންމެ ހަރުއަޑުން ގޮވާލީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް މިއަދަށް ސަރުކާރަށް ތިން މަހަށް ވުރެ ގިނަ ދުވަސް ވޭތުވީއިރު ހާމަކުރަން ބުނި އެއްވެސް އެއްބަސްވުމެއްގެ އެއްވެސް މައުލޫމާތެއް އާންމުނުކުރެ އެވެ.