Advertisement

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި

9 މާރިޗު 2024 - 14:27 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި

9 މާރިޗު 2024 - 14:27 0

ބާޒާރުގައި ލުނބޯ އަގުބޮޑުވެފައި ވަނިކޮށް ސަރުކާރުގެ ވިޔަފާރިކުންފުނި އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެފައިވާތީ , ރޯދަ މަހަށް ތަކެތީގެ އަގު ކޮންޓްރޯލު ކުރުމުގެ ގޮތުން، އެކުންފުނިން ލުނބޯ އެތެރެކޮށް ވިއްކަން ފަށާފައިވާ ކަމަށެވެ.

އެސްޓީއޯއިން ލުނބޯ ކިލޯއެއް 50ރ. އަށް ވިއްކާ އިރު، 25 ކިލޯގެ ބަސްތާ ހޯލްސޭލްކޮށް ވިއްކަނީ 1،175ރ. އަށެވެ.

އެސްޓީއޯއިން ވިއްކާ ލުނބޯ ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ސެންޓާ އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖްއިން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ވަނީ ބުރާސްފަތި ދުވަހު ރޯދައަށް އަމާޒުކޮށް ފިޔާގެ އަގުވެސް ހެޔޮ ކޮށްފަ އެވެ. އެގޮތުން އެސްޓީއޯއިން ކުރިން 20ރ. އަށް ލިބެން ހުރި ފިޔާ ކިލޯއެއް މިހާރު 17ރ. އަށް ލިބެ އެވެ.

އެސްޓީއޯއިން ކޮންމެ ރޯދަމަހަކާ ދިމާކޮށް ތަކެތީގެ އަގު ހެޔޮކޮށް، އަގު އުފުލެމުންދާ ބާވަތްތަކުގެ ޝިޕްމަންޓުތައް އިތުރުކޮށްގެން އެ ބާވަތްތަކުގެ އަގު ހެޔޮކުރަން މަސައްކަތް ކުރެ އެވެ.