Advertisement

ސަރުކާރަށް މަޖިލިސް ލިބިއްޖެ ނަމަ ގޯތިތައް އަތުލައި އެމީހުން ބޭނުންވާ މީހުންނަށް ބަހާލާނެ: ސޯލިހު

9 މާރިޗު 2024 - 11:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ؛ އެމްޑީޕީ


ސަރުކާރަށް މަޖިލިސް ލިބިއްޖެ ނަމަ ގޯތިތައް އަތުލައި އެމީހުން ބޭނުންވާ މީހުންނަށް ބަހާލާނެ: ސޯލިހު

9 މާރިޗު 2024 - 11:11 0

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބިއްޖެ ނަމަ ގޯތި ލިބިފައި ތިބި މީހުން އަތުން ގޯތިތައް އަތުލައި، ސަރުކާރުން ބޭނުންވާ މީހުންނަށް ބަހަލާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ފަލާހުގެ ކެމްޕޭނު އިވެންޓުގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުންނާއި މާލެއަށް ދިމާވެފައި އޮތް ގޯތީގެ މައްސަލަ ހައްލުކުރަން ދިން ގޯތިތައް ހިފަހައްޓައި ދޫނުކޮށް ތަފާތު ބަހަނާތައް ދައްކަމުންދަނީ މަޖިލިސް އިންތިހާބު ނިމެންދެން ކަމަށާއި އެއަށްފަހު އެބޭފުޅުން ލިސްޓަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

ގޯތި ލިބިފައި ތިބި މީހުންގެ ގޯތިތައް ދޫކޮށްލަން ނުޖެހޭނެ ކަމަށް ސަރުކާރުން ކެމްޕެއިން ތެރޭގައި ކުރިން ނަމަވެސް އެ ރާގު ބަދަލުވެ ބިންކޮޅު ވިއްކައިފިނަމަ ލިބިފައި އޮތް ގޯތި ބާތިލު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވެހިކަން ހޯދައިދިނުމަށްޓަކައި ދޫކުރި ގޯތިތަކާއި ފްލެޓުތައް އޭގެ ހައްގުވެރިންނަށް ނުދީ ތަފާތު ބަހަނާ ދައްކަމުން ތިން މަސް ވެގެން މިދަނީ. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ އަނެއްކާވެސް އިތުރު ދުވަހެއް ދިން ތަން. ތިން މަސް ދުވަސް ތެރޭގައި މިކަން ނުކުރެވެންވީ ހަމަ އެއްވެސް ސަބަބެއް ނެތް،" ސޯލިހު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ޖެހިފައި މިއޮތް ދަތި އުނދަގުލުން ސަލާމަތްވުމަށް މަޖިލިސް އިންތިހާބުގެ ބޭނުން ހިފަން ޖެހޭކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ ސަރުކާރު ހަމަ މަގަށް އަޅުވައި ގޯއްޗާއި ފްލެޓު އަތުލިޔަ ނުދިނުމަށް އެމްޑީޕީއަށް މެޖޯރިޓީ ދޭން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ސޯލިހު ވިދާޅުވީ ގޯއްޗާއި ފްލެޓު ލިސްޓަށް މިހާރު ބަދަލު ނުގެނެވިގެން އުޅެނީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން ކަމަށެވެ.

ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ މައްސަލަ އޭސީސީން ބަލަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ފްލެޓުތައް ހައްގުވެރިންނަށް ނުލިބި ލަސްވާތީ ސަރުކާރަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.