Advertisement

އެސްޓީއޯއިން ރާއްޖެއަށް ޓްރިސްޓާ ބްރޭންޑްގެ ޕްރޮޑަކްޓްސް ތައާރަފުކޮށްފި

8 މާރިޗު 2024 - 18:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމެރިކާގެ ނަން މަޝްހޫރު އަދި އިތުބާރު ހޯދާފައިވާ ޓްރިސްޓާގެ ޕްރޮޑަކްޓްސް އެސްޓީއޯއިން ރާއްޖެއަށް ތައާރަފުކުރުން -- ފޮޓޯ: އަދަދު


އެސްޓީއޯއިން ރާއްޖެއަށް ޓްރިސްޓާ ބްރޭންޑްގެ ޕްރޮޑަކްޓްސް ތައާރަފުކޮށްފި

8 މާރިޗު 2024 - 18:34 0

އެމެރިކާގެ ނަން މަޝްހޫރު އަދި އިތުބާރު ހޯދާފައިވާ ޓްރިސްޓާ ބްރޭންޑުގެ ޕްރޮޑަކްޓުތައް އެސްޓީއޯ މެޑިކަލް ސާވިސަސްއިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓްރިސްޓާ ބްރޭންޑުގެ ޕްރޮޑަކްޓްސްތައް ރާއްޖެއަށް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމް އާއި އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދު އެވެ.

ޓްރިސްޓާ ބްރޭންޑަކީ ހޮސްޕިޓަލާއި ކުލިނިކް ތަކައް ހާއްސަ އަދި ގޭގައިވެސް ބޭނުންކުރެވޭނެެ ސިއްހީ ކަންކަން މޮނީޓަރު ކުރާ ވަސީލަތްތަކެއް ހިމެނޭ ބްރޭންޑެކެވެ.

ޓްރިސްޓާ ބްރޭންޑުގައި އަވަސް ފަރުވާދިނުމަށާއި އާދަކޮށް ބަލަހައްޓަންޖެހޭ ސިއްހީ ކަންކަމުގެ އިތުރުން ހޯމް ކެއާ އަދި ޒީނަތްތެރިވުމަށް ބޭނުންކުރެވޭ އެކި ކަހަލަ ވަސީލަތްތައް ހިމެނެ އެވެ.

އެސްޓީއޯ މެޑިކަލް ސާވިސަސްއިން އަލަށް ތައާރަފު ކުރެވުނު ވަސީލަތްތަކުގެ ތެރޭގައި ދިގުމުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ގޭގައި ބޭނުން ކުރެވޭނެ ހާާއްސަ ވަސީލަތްތައް އެކުލެވެއެވެ.

އޭގެ ތެރޭގައި ލޭގެ ޕްރެޝާ, ހަކުރު ބަލި، ޕަލްސް އަދި އޮކްސިޖަން ބެލޭނެ ޑިވައިސްތައް ހިމެނޭއިރު، ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ މީހުންނަށް ބޭނުން ކުރެވޭނެ ހާއްސަ އިކުއިޕްމެންޓްސް އާއި އިތުރު ސިއްހީ ދުޅަހެޔޮކަން ބެލެހެއްޓުމަށް ބޭނުންކުރާ އަދި ވެއިޓު މެނޭޖްމަންޓާ ގުޅުންހުރި ގިނަ ޕްރޮޑަކްޓްތަކެއް ހިމެނޭ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ އިތުރުން އެސްޓީއޯގެ މާލެ ސަރަހައްދުތަކުގެ ފާމަސީތަކުންވެސް ޓްރިސްޓާ ބްރޭންޑްގެ ވަސީލަތްތައް ކުރިއަށް އޮތްތަނުގައި ލިބެން ހުންނާނެ ކަމަށާއި، އަމާޒަކީ ވީހާވެސް ކުރު މުއްދަތެއްކައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މި ވަސީލަތްތަށް ފޯރުކޮށްދިން ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.