Advertisement

އެސްޓީއޯއިން ރޯދައަށް ފިޔާގެ އަގު އިތުރަށް ހެޔޮކޮށްފި

7 މާރިޗު 2024 - 15:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެސްޓީއޯ ޕީޕަލްސް ޗޮއިސް -- ފޮޓޯ: އަދަދު ފައިލް.


އެސްޓީއޯއިން ރޯދައަށް ފިޔާގެ އަގު އިތުރަށް ހެޔޮކޮށްފި

7 މާރިޗު 2024 - 15:22 0

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޯދައަށް ފިޔާގެ އަގު އިތުރަށް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ފިޔާ ކިލޯއެއް ކުރިން 20ރ. އަށް ލިބުނު ނަމަވެސް، މިހާރު ކިލޯއެއް 17ރ. އަށް ލިބެން ހުންނާޏެ ކަމަށާއި، ފިޔާ ބަސްތާއަކުންވެސް 130ރ. އަގުހެޔޮ ކޮށްފައިވާ ކަމަށެވެ.

ފިޔާ ފަސް ބަސްތާ އެއްފަހަރާ ގަންނަންޏާ ބަސްތާއެއް ކުރިން 400ރ. އަށް ލިބޭއިރު، މިހާރު އެއްފަހަރާ 10 ބަސްތާ ގަންނަންޏާ ބަސްތާއެއް 310ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މީގެއިތުރުން އެސްޓީއޯއިން ބުނީ އެއްފަހަރާ 20 ބަސްތާ ގަންނަންޏާ ބަސްތާއެއް 300ރ. އަށް ލިބޭނެ ކަމަށެވެ.

ރޯދަ މަހު ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ފިޔާގެ އަގު އެސްޓީއޯއިން ހެޔޮކޮށްފައިވާއިރު، އެ ކުންފުނިން ވަނީ ރޯދައަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ ސްޓޮކް މަދު ނުވާވަރަށް ގެނެސްފަ އެވެ.

އެސްޓީއޯއިން ކޮންމެ ރޯދަމަހަކާ ދިމާކޮށް ތަކެތީގެ އަގު ހެޔޮކޮށް، އަގު އުފުލެމުންދާ ބާވަތްތަކުގެ ޝިޕްމަންޓުތައް އިތުރުކޮށްގެން އެ ބާވަތްތަކުގެ އަގު ހެޔޮކުރަން މަސައްކަތް ކުރެ އެވެ.