Advertisement

މެދުއިރުމަތީގައި ސްޓާބަކްސް ހިންގާ ކުންފުނިން 2،000 މުވައްޒަފުން ވަކިކުރަނީ

6 މާރިޗު 2024 - 14:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މެދުއިރުމަތީގައި ހިންގާ ސްޓާބަކްސް އައުޓުލެޓެއް -- ފޮޓޯ: އޭޕީ


މެދުއިރުމަތީގައި ސްޓާބަކްސް ހިންގާ ކުންފުނިން 2،000 މުވައްޒަފުން ވަކިކުރަނީ

6 މާރިޗު 2024 - 14:22 0

މެދުއިރުމަތީގައި ސްޓާބަކްސް ހިންގާ އަލްޝަޔާ ގްރޫޕުން 2،000 މުވައްޒަފުން ވަކި ކުރަން ނިންމައިފި އެވެ.

މެދުއިރުމަތީގައި އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ކުންފުނި ސްޓާބަކްސް ބޮއިކޮޓުކުރާތީ، ސްޓާބަކްސްއަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

ކުވައިތަށް ނިސްބަތްވާ އަލްޝަޔާ އިން ބުނީ، މެދުއިރުމަތީގައި އޮތް ހާލަތުން ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން މަދު ކުރަން މަޖުބޫރުވެފައިވާ ކަމަށާއި، މިއީ އުނދަގޫ ނިންމުމެއް ކަމަށެވެ.

"ކުންފުނިން ވަކިވެގެންދާ މުވައްޒަފުންނަށް ދޭން ޖެހޭ އެއްބާރުލުން ދޭނެ" އަލްޝަޔާ އިން ބުންޏެވެ.

ގާޒާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި ހުންނަ ސްޓާބަކްސް އައުޓުލެޓުތައް ކައިރީ މުޒާހަރާތައް ކުރަމުންދާއިރު، އެ ތަންތަން ހިންގުމަށް ވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފަ އެވެ.

މެދުއިރުމަތީގައި މަސައްކަތްކުރާ ސްޓާބަކްސްގެ 50،000 މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓްތައް ބުނާ ގޮތުން ވަކި ކުރަން ނިންމާފައި ވަނީ އޭގެ ތެރެއިން 4 ޕަސަންޓު މުވައްޒަފުންނެވެ.

އަލްޝަޔާއިން މެދުއިރުމަތީގައި ސްޓާބަކްސް ހިންގަން ފަށާފައި ވަނީ 1999 ވަނަ އަހަރުން ފެށިގެން ކަމަށްވާއިރު، ފާއިތުވި މުއްދަތުގައި އެ ކުންފުންޏަށް ބޮޑެތި ފައިދާތަކެއް ލިބިފައިވެ އެވެ.