Advertisement

އޮންލީ ތަފާތު ދައްކައިފި، ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ގަމަށް

4 މާރިޗު 2024 - 22:10 0


އޮންލީ ތަފާތު ދައްކައިފި، ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ގަމަށް

4 މާރިޗު 2024 - 22:10 0

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލުގެ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަމުން ހޯދައިފި އެވެ.

ގަމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ)ގެ ހެޓްރިކާ އެކު، އެ ޓީމުން ފައިނަލަށް ދަތުރުކުރީ ވިލިމާލެ އަތުން 5-3 އިން މޮޅުވެގެންނެވެ.

ފުރަތަމަ ފަހަރަށް ސެމީގައި ކުޅުނު، ވިލިމާލެ އިން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމުން ލަނޑުތައް ޖެހީ، އަބްުދުﷲ ޝައްފާން (ޝާކާ) އެވެ. ފުރަތަމަ ގޯލު އޭރިއާބޭރުން ޖެހިިއިރު، ދެ ވަނަ ގޯލު ޖެހީ، ވިލިމާލެގެ ކެޕްޓަން، އަލީ ޝިޔާހު (ޝިޔަޅޭ)ގެ މޮޅު ކުޅުމާ އެކު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ގަމުން ވަނީ ދެ ވަނަ ހާފް ކުޅުން ފެށިގެން މާ ގިނައިރެއް ނުވެ، ލަނޑުތައް ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. ނަތީޖާ އަނބުރާލި ތިން ގޯލު ވެސް ޖެހީ، އޮންލީ އެވެ. ފުރަތަމަ ދެ ގޯލު ކޯނަރުން ތަނަވަސްކުރި ފުރުސަތުތަކުން ޖެހިއިރު، ތިން ވަނަ ލަނޑު ޖެހީ ހިލޭ ޖެހުމަކުން ކުރި އެޓޭކެއްގަ އެވެ. ގަމުގެ ހަތަރު ވަނަ ގޯލު ޖެހީ، އޮންލީ ދިން ބޯޅައަކުން، އަހުމަދު ހަލީމް (އައްމަޑޭ) އެވެ.


އޭގެ ފަހުން، ގަމުގެ ފަސް ފައުލު ހަމަވެގެން، ލިބުނު ފުރަތަމަ ދުރު ޕެނަލްޓީ ކާމިޔާބުކޮށް، ޝާކާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އެހެން ނަމަވެސް، ވިލިމާލެ އަށް ފަހަތަށް ބަލަން ރަނގަޅަށް ސަމާލުނުވެވުމުގެ ފައިދާނަަގައި، ގަމުގެ ޓީމުގެ ހުސެއިން ނާޝީދު (ނާއްޓޯ) ވަނީ ގަމަށް އަނެއްކާ ވެސް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

ވިލިމާލެ އަށް ފަހުން ދެ ދުރު ޕެނަލްޓީ ލިބުނެވެ. އޭގެ ތެރެއިން ފުރަތަމަ ދުރު ޕެނަލްޓީ ހުރަސްދަނޑިމަތިން ދިޔައިރު، ދެ ވަނަ އަށް ފޮނުވާލި ދުރު ޕެނަލްޓީ، ގަމު ޓީމުގެ ކީޕަރު، މުހައްމަދު ލުފްޝާން (ޕަފް) ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި ގަމުގެ ކީޕަރު ލުފްޝާން ވަނީ ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެެވެ.

ގަމުން ފައިނަލުގައި ކުޅޭނީ ދެ ވަަނަ ސެމީގައި ކ. ގާފަރާއި ބ. އޭދަފުށި ކުޅެގެން މޮޅުވާ ޓީމަކާ އެވެ.