4 މާރިޗު 2024 - 12:52 1
މުހައްމަދު ނަސީމް
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އެޕާޓީގެ ހަރަކާތެއްގައި ވާހަކަދައްކަވަނީ. އޭނާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެއް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު
4 މާރިޗު 2024 - 12:52 1
ރާއްޖޭގެ ކޮންމެ ދިމާލަކުން ވެސް މިހާރު އިވެނީ "ގޯހެއް ހެދިއްޖެޔޭ" ބުނާ އަޑުކަމަށާއި ރާއްޖޭގެ ރައްޔިތުން ތިބީ މިސްރާބު ހަމަމަގަށް އެޅުވުމުގައި އަތުކުރި އޮޅާލައިގެން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ރޯދައިގެ ފަހުން ބާއްވާ އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މާޒް ސަލީމްގެ ޑޯ ޓު ޑޯ ކެމްޕޭން ފެށްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާރު ހައްދަވަނީ ހައްތާވެސް އިތުރުފުޅު ކަމަށެވެ. ގޯހެއް ހެދިއްޖެޔޭ ބުނާ އަޑު އިވޭ ކަމަށް ވިދާޅުވި ވާހަކައިން ޝާހިދު އިޝާރާތްކުރެއްވީ ރައީސްކަމަށް މުއިއްޒު އިންތިހާބު ކުރި ކުރުމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް ދަންނަވާ ފަދައިން ރާއްޖޭގެ ކޮންމެ ދިމާލަކުން ވެސް އިވެނީ އެންމެ އަޑެއް މިހާރު. އެއީ ގޯހެއް ހެދިއްޖޭ، މިސްރާބު ހަމަ މަގަށް އަޅުވަންވީއޭ [ބުނާ އަޑު]،" ޝާހިދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅު ކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވައި ޝާހިދު ވިދާޅުވީ އެމްޑީޕީން ނުކުމެ ތިބީ ދޮގުތަކަށް ފުރުސަތު ނުދޭން ކަމަށެވެ. ރާއްޖޭގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް ޓަކައި މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭން އޭނާ ގޮވައިލެއްވި އެެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕޭން ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ކުރިއަށް ދާއިރު އެޕާޓީގެ ލީޑަޝިޕުން އެކަމުގައި ވަރަށް ބޮޑަށް ބައިވެރިވެ އެވެ. ފެބްރުއަރީ 26، ގައި އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ފެށި ފަހުން މިހައިތަނަށް އެޕާޓީގެ ލީޑަޝިޕާ އެކު ޖުމްލަ 21 ދާއިރާއެއްގައި ވަނީ ދޮރުން ދޮރަށް ހިނގައިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކުރުސި
about 1 year ago
އެއީތެދެއް. ކަލޭމެނަށްވެރިކަންދެވުމަކީހެދުނު ވަރަށްބޮޑުގޯހެއް
Comment