Advertisement

ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތަކަށް ގެތަކެއް އަޅައިދީފި

4 މާރިޗު 2024 - 06:44 4

އަހުމަދު އާއިދު

އ

Advertisement

ވެލްފެއާ ފޯ އައިލެންޑް ކެޓްސް އިން ސަލްމާން މިސްކިތް ކައިރި ބެހެއްޓި ކެޓްހައުސްތައް - ފޮޓޯ: ވީއައިސީ


ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތަކަށް ގެތަކެއް އަޅައިދީފި

4 މާރިޗު 2024 - 06:44 4

Advertisement

Advertisement

ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތައް ޝެލްޓާ ވާނެ ގޮތެއް ހަމަޖައްސައިދިނުމުގެ ގޮތުން ވެލްފެއާ ފޯ އައިލެންޑް ކެޓްސް (ވީއައިސީ) އިން ގެތަކެއް އަޅައިދީފި އެވެ.

ވީއައިސީ އަކީ ރާއްޖޭގައި އުޅޭ ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ގެތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް މަހެއްހާ ދުވަސް ވީ ކަމަށެވެ.

Advertisement

ސަލްމާން މިސްކިތާއި ކާނިވާ ސަރަހައްދާ ދެމެދު އޮންނަ ޕާކިން ލޮޓަކީ ގިނަ އަދަދަކަށް ބުޅާ ޖަމާވެ ދިރިއުޅޭ ސަރަހައްދެކެވެ. އެގޮތުން ގިނަ އަދަދެއްގެ ބުޅާ ވިހާ، އެ ސަރަހައްދުގައި ދިރިއުޅޭ ބުޅަލުގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ.

އެ ޖަމިއްޔާގެ ޕޯސްޓުގައި ބުނީ ނިމިދިޔަ ހުކުރު ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސަރަހައްދުގައި އުޅުނު ދެ ބުޅަލެއް މަރުވެފައިވާ ކަމަށެވެ. އަދި އެ ޖަމްއިއްޔާގެ މަގުސަދަކީ އެފަދައިން ދިމާވާ ހާދިސާތައް ވީހާވެސް މަދުކުރުން ކަމަށްވެސް ބުންޏެވެ.

Advertisement

މާލޭގެ ސަރަހައްދެއްގައި އުޅޭ ބުޅާތަކެއް : ސަރުކާރުން އަންނަނީ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީއެއް ގާއިމުކުރަން މަސައްކަތް ކުރަމުން - ފޮޓޯ: އަދަދު


މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ބަލަހައްޓަން ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރަން ސަރުކާރުން ނިންމާ އެކަމަށް ބޭނުންވާ ބިން މިދިޔަ މަހުގެ ނުވައެއްގައި މާލެ ސިޓީ ކައުންސިލާ ވަނީ ހަވާލުކޮށްފަ އެވެ.

ބުޅާ ފެސިލިޓީ އަޅަން އެގްރިކަލްޗާ މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލުކުރީ 5،000 އަކަފޫޓުގެ ބިމެއް ކަމަށެވެ. އެއީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މިނިސްޓްރީއާ ހަވާލުކުރި 18،000 އަކަފޫޓުގެ ބިމުން ބައެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ހުންނެވިއިރު މާލޭގެ މަގުމަތީގެ އުޅޭ ބުޅާތައް ބަލަހައްޓަން ސިޓީ ކައުންސިލުން ބަޖެޓު ކަނޑައަޅައި މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ގާއިމުކުރަން ފާސްކުރި އެވެ. ނަމަވެސް އޭރުވެސް މަސައްކަތް ކުރަން ނިންމި މުއްދަތުގައި އެކަން ނުވެ ފަހުން މުޅި މަޝްރޫއު މަޑުޖެހުނީ އެވެ.

Advertisement

75.00%

0.00%

25.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ފޮރި

about 1 year ago

މާލޭ މަގުތަކުގައި އުޅޭ ބުޅާ ތަކަކީ މީހާރު އާންމު އުދަގުލަކަށްވެފައި އެއްޗެއް. އެހެންވީމާ، އޮތް ގޮތަކީ އަނިޔާވެރި ނޫން ގޮތަކަށް އެތަކެތި ނައްތާލުން. ރާއްޖޭގައި ވާލާއި ކާޅާއި މީދާ މެރުމަށް ސިފައިން ނުކުމެފައިވޭ އެވެސް އެތަކެތީގެ ސަބަބުން އާންމު އުދަގުލަކަށްވެގެން.

ބުޅާހައުސިން

about 1 year ago

މުއިއްޒުގެ ފުރަތަމަ ހައުސިން ޕްރޮޖެކްޓުން ގެ މި ލިބުނީ ބުޅާތަކަކަށް. ނިކަމެތި ރައްޔިތުންނަށް އެއްޗެއް ލިބޭނެބާ؟

ހބލ

about 1 year ago

ބުޅާތަކަށް ބޭނުންވަނީ ތިއެއްނޫން. ތިތަނުގައި ފަސްފުންޏެއް ޖަހާބަލަ ދެއްކުންތެރިކަަމަށް ކަމެއްކުރަން އުޅޭނަމަ. ބުޅާތަށް ނިދާނެތަން ނެތިގެން ނޫޅޭ! ޠަބީޢަތުގައި ފަހަށް ބޮޑުކަމުދާއެއްޗެއް. ފުރަތަމަ ބުޅާ ދަސްކޮށްބަލަ. ފަސްފުންޏެއް ޖަހާފަ، އެ ފަސްތައް މަހަކު އެއްފަހަރު ނޫނީ ދެފަހަރު ބަދަލުކުރަން ކަލޭމެންތިބޭ ޖަމިއްޔާ ހަދައިގެން. ބޯހަލާކު

ޕުރިންސު

about 1 year ago

ތިޔަ ތަން ސާފުކޮށްދޭންވެސް ދޯ