4 މާރިޗު 2024 - 05:29 0
މަރިޔަމް އަފާ ނިޒާމް
ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު-- ފޮޓޯ: މަޖިލިސް
4 މާރިޗު 2024 - 05:29 0
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރަނިކޮށް މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާއެއް މާދަމާ އަށް ތާވަލުކުރި ކަމަށް މަޖިލީހުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވިޔަސް، ޖަލްސާގެ އެޖެންޑާ އަދި އާންމުނުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި ގުޅިގެން ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ޖަލްސާތައް ބޭއްވުމަށް ގޮވައިލައި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
ކޮންމެ ހަފްތާއެއްގެ ތިން ދުވަހު ޖަލްސާ ބާއްވަން ގާނޫނު ލާޒިމުކުރާ ކަމަށާއި ނިންމަންޖެހޭ މުހިއްމު މައްސަލަތަކެއް ހުރި ކަމަށް ކަންބޮޑުވުންފާޅުކުރައްވައި ހަސަން ލަތީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ.
"ރައްޔިތުންނާ ދިވެހި ދައުލަތުގެ މަސްލަހަތާ ގުޅުންހުރި އަދި ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ޒިންމާތަކާ ގުޅުންހުރި އެތައް މަސައްކަތްތަކެއް މިހާރުވެސް ކުރަން ހުރި އިރު، މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލެވިފައިވުމަކީ ނުހަނު ބޮޑު ގެއްލުމެއް ވާނެ ކަމެއް،" މަޖިލީހުގައި ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީގެ ރައީސް، ހަސަން ލަތީފު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.
މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ ޖަލްސާތައް ނުބާއްވަނީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ މަޝްވަރާކޮށްފައި ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment