Advertisement

މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

4 މާރިޗު 2024 - 05:24 0

މަރިޔަމް އަފާ ނިޒާމް

މ

Advertisement

ބ. އޭދަފުށި -- ފޮޓޯ: އަދަދު


މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

4 މާރިޗު 2024 - 05:24 0

Advertisement

Advertisement

ބ. އޭދަފުއްޓާއި ގާތްގަނޑަކަށް 945 މީޓަރު ދުރުގައި އޮންނަ ބ. މާއްޑޫ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި ގަރާރުގައި ސޮއިކޮށްފި އެވެ.

އެ ގަރާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރެއްވީ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ އޭދަފުށީގަ އެވެ. މާއްޑޫ އަކީ އޭދަފުށި ރައްޔިތުންގެ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

Advertisement

އޭދަފުށީގައި އޮތް ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގައި އިތުރަށް ބިން ހިއްކެން ނެތްކަމަށާއި، ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުން ކަމަށެވެ. މާއްޑޫއަކީ އޭދަފުށީ ބައެއް ކަމަށް ހަމަޖެއްސި ލިޔުން އެ ހަފުލާގައި ކައުންސިލާ ހަވާލުކުރި އެވެ.

"ދެން އެރަށުގައި އޭރުން ގެދޮވެރިކަމާއި އުމުރާނީ ތަރައްގީ އާއި ދެން މިހުރި ހުރިހާ ކަމަކަށް އެރަށް ޕްލޭން ކޮށްގެން ކައުންސިލާއި ސަރުކާރާ ގުޅިގެން ކުރިއަށް ގެންދަންވީ ހުރިހާ ކަމެއް ކައުންސިލުން ކުރިއަށް ގެންދަވަންވީ،" ރައީސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 57 ހެކްޓަރުގެ އޭދަފުށި އިތުރަށް ހިއްކެއް ނެތުމާއެކު އެ ރަށަށް ދިން މާއްޑޫގެ ބޮޑުމިނަކީ ގާތްގަނޑަކަށް 24 ހެކްޓަރެވެ. މާއްޑޫގެ ފަޅުގައި އިތުރު ރަށެއް ނެތް އިރު، އެ ރަށް ފުރިއްޖެ ނަމަ، ހިއްކާނެ ބިމެއް ވެސް ފަޅުގައި ނެތެވެ.

Advertisement

މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފި. މި ދެ ރަށް ދޭތެރޭގެ ދުރުމިނަކީ ގާތްގަނޑަކަށް 945 މީޓަރު -- ފޮޓޯ: ގޫގަލް މެޕްސް


ރައީސް ވިދާޅުވީ އޭދަފުށްޓަކީ މި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ހަތް އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭ ރަށްތަކުގެ ތެރޭގައި އޭދަފުށި ހިމެނޭނެ ކަމަށެވެ.

މާއްޑޫއަކީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގައި ދިރިއުޅުނު މީހުން އޭދަފުއްޓަށް ބަދަލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ފެށި އެއްފަސްކުރުމުގެ މަސައްކަތުގެ ދަށުންނެވެ.

އޭދަފުށީ ރައްޔިތުން ކާށި ހޮވުމަށް ވަރަށް ގިނައިން މާއްޑޫއަށް ގޮސްއުޅެ އެވެ. އެ ރަށުން ކާށި ހޮވަން ދެވެނީ އޭދަފުށީ ކައުންސިލުން ހަދައިފައިވާ އުސޫލުތަކަކާ އެއްގޮތަށް ހުއްދަ ނަގައިގެނެވެ. މާއްޑޫން ކާށި ހޮވުމުގެ ހުއްދަ ކައުންސިލުން ދޫކުރަނީ މަހަކު ދެ ފަހަރު އެވެ. އެއީ ފޯމު ލާ ތަރުތީބުންނެވެ.

ފޮޓޯ ސްޓޯރީ: އޭދަފުށީ މީހުން މާއްޑޫ ކާށި ހޮވުން

މާއްޑޫއިން ހޮވައިގެން ގެންނަ ކާށި ބެހުމަށް ވެސް އެކުލަވާލާފައި އޮތީ، އިންސާފުވެރި ފޯމިއުލާއެކެވެ. ރަށުގެ ކޮންމެ ގެއަކަށް ވެސް މި ކާށި ލިބެ އެވެ. އެންމެނަށް ވެސް ކާށި ހޮވަން ދިއުމަށް އުސޫލު ހުއްދަ ކުރެ އެވެ.

ފޮޓޯ ސްޓޯރީ: އޭދަފުށީ މީހުން މާއްޑޫ ކާށި ހޮވުން

މާއްޑޫއިން ހޮވައިގެން ގެންނަ ކާށި ބެހުމަށް ވެސް އެކުލަވާލާފައި އޮތީ، އިންސާފުވެރި ފޯމިއުލާއެކެވެ. ރަށުގެ ކޮންމެ ގެއަކަށް ވެސް މި ކާށި ލިބެ އެވެ. އެންމެނަށް ވެސް ކާށި ހޮވަން ދިއުމަށް އުސޫލު ހުއްދަ ކުރެ އެވެ.

އެގޮތުން ކޮންމެ ހޮނިހިރު ދުވަހަކު ކާށި ހޮވަން ދާން ހުއްދަ ދޭއިރު، ދެވޭނީ މަދުވެގެން ފަސް މީހުންގެ ޓީމަކަށެވެ. ހުއްދަ ދޫކުރާ ވަގުތުގެ ތެރޭގައި ކާށި ހޮވައިގެން އެނބުރު އަންނަންޖެހެ އެވެ. އަދި ހޮވައިގެން ގެންނަ ކާށިތައް ބަހަންޖެހޭ ގޮތުގެ ވަކި އުސޫލުތަކެއް އޮންނަ އިރު، ހޮވި މީހުންގެ އިތުރުން ކައުންސިލަށް ވެސް ބައި އަޅަންޖެހެ އެވެ.

ހުއްދަ ނަގައިގެން މާއްޑޫއަށް މިހާރު ދާ ފަރާތްތަކަށް ދެވަނަ ފަހަރަށް ފޯމު ލެވޭނީ ހަ މަސް ދުވަސް ފަހުންނެވެ. ކޮންމެ ހަފްތާއަކު ދަނީ އާ ބައެކެވެ.