Advertisement

އަލޮންސޯގެ ޑިމާންޑް ބޮޑުވިޔަސް، ލެވަކޫސަން ހަމަޖެހިގެން

1 މާރިޗު 2024 - 10:07 0


އަލޮންސޯގެ ޑިމާންޑް ބޮޑުވިޔަސް، ލެވަކޫސަން ހަމަޖެހިގެން

1 މާރިޗު 2024 - 10:07 0

ބާލިން (މާޗް 1) - ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯގެ ޑިމާންޑް ބޮޑުވެ، އޭނާ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން އައި ކަމުގައި ވިޔަސް، އެކަމާ ކަންބޮޑުވެ، ހާސްވެގެން ކަންތައްތަކެއް ނުކުރާނެ ކަމަށް ލެވަކޫސަންގެ ސްޕޯޓިން ޑިރެކްޓަރު، ސިމޯން ރޯލްފެސް ބުނެފި އެވެ.

އޮކްޓޫބަރު، 2022ގައި އަލޮންސޯ، ލެވަކޫސަންގެ ކޯޗަކަށް ގެންނަން ނިންމީ ރޯލްފެސްގެ ސަބަބުންނެވެ. އޭރު ލެވަކޫސަން އޮތީ ޖަރުމަނު ލީގުގެ ރެލިގޭޝަން ޒޯނާ ގާތުގަ އެވެ. އަލޮންސޯ އައިސް ލެވަކޫސަންގެ މުޅި ޓީމުގެ ކަންކަން ބަދަލުކޮށް، އެ ޓީމު މި ވަގުތު ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތްއިރު، ޖަރުމަނު ފުޓްބޯޅައިގައި އެންމެ ގިނަ މެޗުން ބަލިނުވެ ދެމެހެއްޓުމުގެ ރެކޯޑް ވެސް ވަނީ މުގުރާލައިފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ނުވަ އަހަރަށް ފަހު، މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ. ބަޔާންގެ ނަތީޖާތަށް ދަށްވުމުން އެ ޓީމުން ވަނީ ތޯމަސް ޓުޗެލް މި ސީޒަނަށް ފަހު ދޫކޮށްލަން ނިންމައިފަ އެވެ. އަލޮންސޯ ކުރިން ކުޅުނު ދެ ޓީމު ކަމަށްވާ ބަޔާނާއި ލިވަޕޫލުން އަންނަނީ އޭނާ ގެންދަން މަސައްކަތްތަކެއް ކުރަމުންނެވެ.

އެހެން ނަމަވެސް އެކަމާ ރޯލްފެސް ވިސްނަން ޖެހޭ ކަމެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

"އަހަރެން ގަބޫލެއް ނުުކުރަން މިއީ، ޒަބީ (އަލޮންސޯ) މި ޓީމަށް ކޯޗުކޮށްދޭނެ ފަހު ސީޒަނޭ،" ކުރީގެ ކުޅުންތެރިޔާ، ރޯލްފެސް ބުންޏެވެ. "ކޯޗަކަށް އެންމެ މުހިންމު ކަމަކީ، އެ ހުންނަ ތަނެއްގައި ހިތްހަމަޖެހިގެން އިތުބާރާ އެކު މަސައްކަތް ކުރެވުން. ޒަބީ (އަލޮންސޯ)، މި ޓީމުގައި ހުރެ ތަކުރާރުކޮށް އެ އަންނަނީ އެ ގޮތަށް ބުނަމުން، އެހެންވީމަ، އަހަރެމެން ހާސްވާން ޖެހޭ ކަމެއް އޮތް ކަމަކަށް އަދި ނުފެނޭ،"

އަލޮންސޯ، އެންމެ ފަހުން ލެވަކޫސަނާ އެކު ހެދި ކޮންޓްރެކްޓް އޮތީ، ޖޫން، 2026 ގެ ނިޔަލަށެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަލޮންސޯ، މިހާރު ހުރި ލެވަކޫސަންގައި މަޑުކުރާނެ އެންމެ ބޮޑު ސަބަބަކީ، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ފަހު، އެ ޓީމަށް އިރުޝާދުދޭން ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަމެއް ރެއާލުން ލިބިފައިވާތީ އެވެ. އަންޗެލޮޓީ ވެސް މި ވަގުތު ރެއާލްގައި ހުރީ ޖޫން، 2026 ގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ.