Advertisement

ގޯއްޗާއި ފްލެޓުގެ އިތުރު އިވެލުއޭޝަނެއް ހަދާނަމަ ކައުންސިލް ބައިވެރިކުރަން އެދެނީ

1 މާރިޗު 2024 - 14:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: މިރާޝް ނާޝިމް


ގޯއްޗާއި ފްލެޓުގެ އިތުރު އިވެލުއޭޝަނެއް ހަދާނަމަ ކައުންސިލް ބައިވެރިކުރަން އެދެނީ

1 މާރިޗު 2024 - 14:42 0

ގޯއްޗާއި ފްލެޓުގެ އިތުރު އިވެލުއޭޝަންތައް ހަދާ ނަމަ ކައުންސިލު ބައިވެރިކުރަން އެދެން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި އާޒިމް ވިދާޅުވީ މިހާރު ހަވާލުކޮށްފައި ހުރި ފްލެޓާއި ގޯތީގެ އިތުރު އިވެލުއޭޝަނެއް ހަދާނަމަ ސިޓީ ކައުންސިލު ބައިވެރި ކުރުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހައުސިން މިނިސްޓަރީއަށް ސިޓީއެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ކައުންސިލުގެ 18 މެމްބަރުންނަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ މެމްބަރުންތަކެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް މި ހަފުތާ ތެރޭގައި އެ ސިޓީ ރައީސްގެ އިތުރުން މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.

"މިއަދުގެ ރައީސްއަކީ ރައްޔިތުންނާ ވަރަށް ގުޅިގެން މަސައްކަތްކުރައްވާ ރައީސެއް. އަޅުގަނޑުމެން މި އެދޭ އެދުން ބަލައިގަންނާނެ ކަމަށް އުންމީދު ކުރަން،" އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން އާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ގޯތިގެދޮރު ދިނުމުގައި ސިޓީ ކައުންސިލުގެ ދައުރަކާއެކު އެކަން ކުރުމަށް ވެސް ސިޓީގައި އެދޭނެ ކަމަށެވެ.

މާލޭގެ އިހުތިސޯސުގެ ތެރެއަށް ހުޅުމާލެ ފޭސް 3، ގުޅީފަޅު، އުތުރުތިލަފަޅު އަދި ގިރާވަރުފަޅު ވައްދައި ދިނުމަކީ މާލޭގެ ރައްޔިތުންގެ ކިބައިން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުގެ ހުރިހާ ކެމްޕޭނެއްގައި ރައްޔިތުން އެދިވަޑައިގަތީ މާލޭގެ އިހުތިސޯސްގެ ތެރެއަށް މި ތަންތަން ވައްދައިދީ މާލޭގެ އިހުތިސޯސް މި ހިސާބަށް ގެންގޮސްދެއްވާށޭ. އޭރުން މާލޭގެ ރައްޔިތުންނަށް ބްރިޖަކުން ގުޅިފައިވާ ހިސާބުތަކަށް ގޮސް ދިރިއުޅުމަށް ފަސޭހަވެގެންދާނެ،" އާޒިމް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުން އުޅެނީ ވަރަށް ހާލުގައި ކަމަށާއި ކުރީ ސަރުކާރުން ރައްޔިތުންނަށް ދީފައި ހުރި ގޯއްޗާއި ފްލެޓް ލަސްނުކޮށް ވީހާވެސް އަވަހަށް ހައްގުވާ ރައްޔިތުންނާ ހަވާލު ކުރުމަށް ވެސް އާޒިމް ގޮވާލެއްވި އެވެ.