Advertisement

އިތުބާރު ހުރި މަގާމެއްގައި ހުރެ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 18 އަހަރު ޖަލަށް

27 ފެބުރުވަރީ 2024 - 10:15 1

ހުސައިން ޒާހިން: ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި އޭނާ ޖަލަށް ލައިފި


އިތުބާރު ހުރި މަގާމެއްގައި ހުރެ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 18 އަހަރު ޖަލަށް

27 ފެބުރުވަރީ 2024 - 10:15 1

އިތުބާރު ހުރި މަގާމެއްގައި ހުރެ، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 18 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މީގެ ހަތަރު އަހަރު ކުރިން ހައްޔަރުކުރި، ތ. ގުރައިދޫ، މިޔަވާލިގެ، ހުސައިން ޒާހިންގެ މައްޗަށް އެ މައްސަލާގައި ތިން ދައުވާއެއް އުފުލާފައިވެ އެވެ.

އެއީ އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން އެ މީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި މިއަދު އަޕްލޯޑުކޮށްފައިވާ ފެބްރުއަރީ 15، ގައި ކުރި ހުކުމުގައިވާ ގޮތުން ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.