Advertisement

ދެ ފުރުސަތު ދިނުމުން ވެސް ގޯއްޗާ ހަވާލު ނުވާ 212 މީހުން

25 ފެބުރުވަރީ 2024 - 11:33 1

ނިމާ ހަސަން

ނިމާ ހަސަން

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ގިރާވަރުފަޅުން ހިއްކި ބިން -- ފޮޓޯ: މިރާޝް/ އަދަދު


ދެ ފުރުސަތު ދިނުމުން ވެސް ގޯއްޗާ ހަވާލު ނުވާ 212 މީހުން

25 ފެބުރުވަރީ 2024 - 11:33 1

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތީގެ އެގްރީމަންޓުގައި ސޮއިކޮށް, ރަޖިސްޓްރީއާ ހަވާލުވާން ދެ ފުރުސަތު ދިނުމުން ވެސް ސޮއި ނުކުރާ 212 މީހުން ތިބި ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ, ގޯތީގެ އެގްރީމަންޓުގައި ސޮއިކޮށް ރަޖިސްޓަރީ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ 212 މީހުންނަށް ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ގިނައީ ސޮއި ކުރުމަށް ދެވަނަ ފުރުސަތު ވެސް ދީފައިވާ މީހުން ކަމަށެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ގޯތީގެ އެގްރީމަންޓުގައި ސޮއިކުރުމަށް ފަހު ރަޖިސްޓްރީ ހަވާލުކުރީ 8,250 މީހުންނަށެވެ. އަދި އެކި ސަބަބުތަކާ ހެދި ގޯތި ހަވާލުނުކުރެވެނީ 781 މީހުންނަށެވެ.

އޭގެ ތެރޭގައި ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުކޮށްފައިވާ 118 މީހުންނާއި, އެ ލިޔުން ހަވާލު ނުކުރާ 303 މީހުން ހިމެނެ އެވެ. ހަމައެއާއެކު, އެކި ސަބަބުތަކާ ހެދި އެގްރީމަންޓުގައި ސޮއި ނުކުރާ 148 މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ އެގްރިމެންޓުތަކުގެ ތެރޭގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުުރުމުގެ ސަބަބުން ސޮއި ނުކޮށް ހުރި 120 އެގްރިމަންޓާއި, އެޕްލިކަންޓް ނުވަތަ އެޕްލިކަންޓުން ބިން ދޫކޮށްލަން އެދިފައިވާތީ ސޮއި ނުކޮށް ހުރި 16 އެގްރިމެންޓުގެ އިތުރުން އެޕްލިކަންޓް ނުވަތަ އެޕްލިކަންޓުން މަރުވުމާ ގުޅިގެން ސޮއި ނުކޮށް ހުރި އެގްރިމެންޓުތައް ހިމެނެ އެވެ.

ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުން, އެގްރިމެންޓުގައި ސޮއި ކުރުން އަދި ގޯތި ލިބުނުކަމުގެ ލިޔުން ހަވާލު ކުރުމަށް ހައުސިން މިނިސްޓްރީން ގުޅަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެގޮތުން އެ މިނިސްޓްރީން ގުޅާނީ ހޮޓްލައިން ނަންބަރު 4004994 އަދި 4004797 ނަންބަރުން ކަމަށް ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމީ 9001 ގޯއްޗެވެ. ނަމަވެސް މިއަދު އާންމުކުރި ތަފާސްތަކުން ދައްކާ ގޮތުގައި ޖުމްލަ 9031 ގޯތީގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން ދެ އެވެ.