Advertisement

ފިނޭންސްގެ ހުއްދަ ނެތި 35،000ރ. އަށްވުރެ އިތުރުވާ ހަރަދުތައް ނުކުރަން އަންގައިފި

23 ފެބުރުވަރީ 2024 - 16:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު. މިއަދު ނެރުނު ސާކިއުލާގައި ހަތް ދާއިރާއަކުން ހަރަދު ކުޑަކުރަން ވަނީ އަންގާފައި -- ފޮޓޯ؛ ރައީސް އޮފީސް


ފިނޭންސްގެ ހުއްދަ ނެތި 35،000ރ. އަށްވުރެ އިތުރުވާ ހަރަދުތައް ނުކުރަން އަންގައިފި

23 ފެބުރުވަރީ 2024 - 16:58 0

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ އެކު ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި 35،000ރ. އަށްވުރެ މަތިން އެއްވެސް ހަރަދެއް ނުކުރަން އިދާރާތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވައި ނެރުއްވި މާލިއްޔަތާ ބެހޭ ސާކިއުލާގައި ވަނީ، ފަށާފައިވާ މަރާމާތުގެ މަސައްކަތްތަކާއި، މަރާމާތަށް މިހާތަނަށް ހުއްދަ ދީފައިވާ މަސައްކަތްތަކާއި، ދެމުން ގެންދާ ހިދުމަތެއް މެދު ނުކެނޑި ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި، އިތުރު މަރާމާތެއް ރިކަރަންޓު ބަޖެޓުން ކުރިޔަށް ނުގެންދިޔުމަށް އަންގާފަ އެވެ.

މަރާމާތު ކުރުމުގެ ގޮތުން ކުރަން ޖެހޭ ހަރަދު 35،000ރ. އަށްވުރެ ކުޑަ މަރާމާތްތައް ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދަ އާއެކު ކުރިޔަށް ގެންދިޔުމަށާއި، 35،000ރ. އަށްވުރެ މަތީގެ ކެޕިޓަލް ހަރަދު ކުރުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޕީއެސްއައިޕީ ބަޖެޓުގައިވާ އެއްވެސް މަޝްރޫއެއްގެ ޕްރޮކިއުމަންޓް މަސައްކަތްތަކާއި ޓެންޑާ ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިކޮށް، މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ނުކުރުމަށްވެސް ފިނޭންސް އިން ވަނީ އަންގާފަ އެވެ.

މީގެއިތުރުން ފިނޭންސް މިނިސްޓްރީ ބުނީ އެ މިނިސްޓްރީއަށް ހުއްދަ ހޯދުމަށް ހުށަހަޅާއިރު، މަޝްރޫއުގެ އިންޖިއަރިންގެ އެސްޓިމޭޓު، މަޝްރޫއުގެ ފުރިހަމަ ސްކޯޕު އަދި ޓެންޑާ ކުރެވޭ މަސައްކަތަށް ޖުމްލަ ހިނގާނެ ހަރަދާއި އޭގެ ތަފްސީލުވެސް އިނގޭ ގޮތަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފިނޭންސް އިން ވަނީ މި ސާކިއުލާއާ އެއްގޮތަށް އަމަލުކޮށް، ކައުންސިލްތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމަށާއި، ހަރަދުތައް ކައުންސިލުގެ ބަޖެޓުގެ ތެރެއިން ހަމަޖައްސައި، ހަރަދުތަކުގެ އެފިޝެންސީ އިތުރު ކުރުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އެދިފަ އެވެ.