Advertisement

އައިވީއެފްގެ ފަރުވާއަށް އެދޭ އުސޫލު އާންމުކޮށްފި، އަމަލުކުރަން ފަށަނީ މާޗު 15، ގައި

23 ފެބުރުވަރީ 2024 - 12:36 0


އައިވީއެފްގެ ފަރުވާއަށް އެދޭ އުސޫލު އާންމުކޮށްފި، އަމަލުކުރަން ފަށަނީ މާޗު 15، ގައި

23 ފެބުރުވަރީ 2024 - 12:36 0

ދަރިމައިވުމާ ގުޅޭ ދެ ފަރުވާ ކަމަށްވާ އައިޔޫއައި އަދި އައީވީއެފްގެ ފަރުވާތައް އާސަންދަ ހެލްތު ސްކީމުގެ ތެެރޭގައި ހިމެނުމާ ގުޅިގެން އެކަމާ ގުޅޭ އުސޫލު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އާންމުކޮށްފި އެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން އައިވީއެފް ފަރުވާ އެ ސްކީމުން ކަވަރު ކުރާނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އައިޔޫއައި ފަރުވާ ސްކީމުގެ ތެރެއިން ލިބޭނީ ތިން ފަރަށެވެ. މިއީ އެކަމަށް ބޭނުންވެފައި ތިބި އެތައް ބަޔަކަށް ލިބިގެންދާ ވަރަށް ބޮޑު އުންމީދެއްގެ ގޮތުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ސިފަކުރެއްވި އެވެ.

"މި އުސޫލު ބައްޓަން ކުރެވިފައިވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ވެސް މި ހިދުމަތް ލިބޭ ގޮތަށް. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދުރުނޫން މުސްތަގުބަލެއްގައި ރާއްޖޭގައި ނެޝަނަލް ފާޓިލިޓީ ކެއާ ސެންޓަރެއް ގާއިމު ކުރެވިގެންދާނެ," އިތުރު ތަފްސީލު ހިއްސާކުރަމުން ހީނާ ވިދާޅުވެފައިވެ އެވެ.

އައިވީއެފްގެ އެހީ ހޯދުމަށް ހުންނަން ޖެހޭ ޝަރުތުތަކަކީ

  • ދަރިއެއް ދުނިޔޭގައި ނެތުން
  • ކައިވެންޏަށް ތިން އަހަރުވެފައިވުން
  • އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ސައިކަލް ފުރިހަމަކޮށްފައި ނުވުން
  • ދެމަފިރިން ކުރެ އެއްވެސް ފަރާތަކުން ދަރިމައިނުވާ އޮޕަރޭޝަން ކޮށްފައި ނުވުން
  • އެހީއަށް އެދޭ އަންހެން މީހާގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 19-30 ދެމެދު ހުރުން
  • އެހީއަށް އެދުމުގެ ހަ މަސް ކުރިން ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ހުއްޓާލާފައިވުން
  • ފަރުވާއަށް އެދޭ އެކަކުގެ މައްޗަށް ވެސް މިދިޔަ ތިން އަހަރު ޖިނާއީ ކުށެއް ސާބިތުވެފައި ނެތުން
  • ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވުން, ނުވަތަ ސަބަބު ދެނެނުގަނެވި ތިން އަހަރުވަންދެން ދަރިމައިވުމަށް ނުކުޅެދިފައިވުން, އަދި އެހެނިހެން ފަރުވާ ކާމިޔާބު ނުވެ އައިވީއެފްއަކީ އެންމެ އެދެވޭ ފަރުވާ ކަމަށް ސްޕެޝަލިސްޓަކު ކަނޑައަޅާފައިވުން
  • ފަރުވާ ފަށާއިރު އަންހެން މީހާގެ އުމުރުން 30 ފުރި, 42 ފުރިފައި ނުވުން. ފިރިހެން މީހާގެ އުމުރު 55 އަށްވުރެ މަތި ނުވުން. ނަމަވެސް އަންހެން މީހާގެ އުމުރުން 25 އަހަރު ފުރި ސިއްހީ ހާލަތެއްގެ ސަބަބުން އެންމެ އެދެވޭ ފަރުވާއަކީ އައިވީއެފް ކަމަށް ސްޕެޝަލިސްޓަކު ކަނޑައެޅުމެވެ.

ކައިވެނީގެ މުއްދަތަށް ބެލުމަށް ފަހު ޕޮއިންޓް ދޭނެ އުސޫލު


މި ޝަރުތުތަކުގެ މައްޗަށް ބިނާކޮށް ޕޮއިންޓް ދޭނެ އުސޫލެއް ގާއިމުކޮށްފައިވާއިރު އެހީ ދިނުމުގައި އިސްކަން ދޭނީ އެ އުސޫލުގެ ދަށުން އެންމެ ގިނައިން ޕޮއިންޓް ލިބޭ މީހުންނަށެވެ.

އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ނިންމީ ޑިސެމްބަރު ފަހެއް, 2023, ގަ އެވެ.