Advertisement

ހުލާސާކޮށް އިއްޔެ: އޭސީސީން ކުރީ ސަރުކާރުގެ ވެރިންގެ ފަހަތުން، ތިނަދޫ އެއާޕޯޓްގެ މައްސަލަ ނުބަލާ!

23 ފެބުރުވަރީ 2024 - 07:12 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: އޭސީސީން ކުރީ ސަރުކާރުގެ ވެރިންގެ ފަހަތުން، ތިނަދޫ އެއާޕޯޓްގެ މައްސަލަ ނުބަލާ!

23 ފެބުރުވަރީ 2024 - 07:12 0

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ ބައެއް ވަޒީރުންނާ ގުޅޭ ކޮރަޕްޝަނުގެ ބޮޑު މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ބުންޏެވެ.

އޭސީސީން މިކަން މި ހާމަކުރިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ތިނަދޫ އެއާޕޯޓުގެ މަޝްރޫއު ތައިލޭންޑު "ޕޭޕަރު" ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާކަން ހާމަވެ، އަދި އެ ކުންފުނީގެ ހަގީގަތް ފަޅައިއަރާފައި ވާއިރު އެ މައްސަލައެއް ނުބަލަ އެވެ.

ތިނަދޫ އެއާޕޯޓަކީ 600 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް ވަނީ ހާމަކޮށްފަ އެވެ. އަދި އެ ޕްރޮޖެކްޓުގެ މުގާބިލުގައި އެ އަތޮޅުން 12 ރަށް އިންވެސްޓަރަށް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއު އިއުލާނު ކުރުމާ ހަމައަށް، އެކަމުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނެތެވެ.

މި މަޝްރޫއުގެ ހަވާލުކުރަން ސަރުކާރުން އެއްބަސްވެ ސޮއި އެޅި އިންވެސްޓަރުގެ ފަތިފުށުގައި މަކަރާއި އޮޅުވާލުން ހުރިކަން ވަނީ ފަޅައި އަރައިފަ އެވެ. އެކަން ތިރީގައި އެވާ ރިޕޯޓުން އެނގޭނެ އެވެ.

މިފަދަ އިންވެސްޓަރަކަށް ބޮޑު ޕްރޮޖެކްޓެއް ހަވާލުކުރާއިރު، އެ މައްސަލަ އޭސީސީން ނުބަލަނީ ކީއްވެގެން ކަމެއް ހާމައެއް ނުކުރެ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ، އެއާޕޯޓު އެއްބަސްވުމާ ގުޅޭ ޝަކުވާއެއް މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައި ނުވާ ކަމަށާއި އިސް ނަގައިގެން މައްސަލަ ބެލުމަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ.

ނަމަވެސް، ކުރީގެ ބައެއް ވަޒީރުންނާއި ބައެއް މަޖިލިސް މެންބަރުންނާ ގުޅޭ މައްސަލަތަކެއް ބަލަމުންދާކަން އޭސީސީން "އަދަދު" އަށް ކަށަވަރުކޮށްދިނެވެ. އޭގެ ތަފުސީލެއް ނުދެ އެވެ.

"ކުރީ ސަރުކާރުގެ ބައެއް ވަޒީރުން އަދި މަޖިލިސް މެމްބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ފައިސާތަކެއް ޖަމާކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާތަކެއް ބަލަމުން ދަނީ،" އޭސީސީގެ މީޑިއާ އޮފިޝަލު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ކުރީގެ ބައެއް ވަޒީރުންނާއި މެންބަރުންތަކެއްގެ މައްސަލަތައް ބަލަމުންދާ ކަމަށް އޭސީސީން ބުނިއިރު އެ ކޮމިޝަނުން މިއަދު ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ހިންގާ އޮފީހަށް ވަދެ ކުރީގެ ފައިލުތަކެއް ބަލައި ފާސްކޮށްފަ އެވެ.

އޭސީސީން އެންމެ ފުރަތަމަ އެސްޑީއެފްސީގެ އޮފީހަށް ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ. ކުރީގެ ބައެއް ފައިލުތައް ބަލައި ފާސް ކުރަން އެ ކޮމިޝަނުން އައީ އޭގެ ފަހުން ކަމަށްވެ އެވެ.

މުހިއްމު ބައެއް ހަބަރު