Advertisement

ހައުސިން އެޕްލިކޭޝަންތަކަށް ހާއްސަ "ހިޔާވެހި ޕޯޓަލް" އިފުތިތާހުކޮށްފި

22 ފެބުރުވަރީ 2024 - 20:38 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ހައުސިން އެޕްލިކޭޝަންތަކަށް ހާއްސަ "ހިޔާވެހި ޕޯޓަލް" އިފުތިތާހުކޮށްފި

22 ފެބުރުވަރީ 2024 - 20:38 1

ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާއެކު، އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް ފަރުމާކޮށްފައިވާ "ހިޔާވެހި" ޕޯޓަލް އިފުތިތާހުކޮށްފި އެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމަނައިގެން ގާއިމުކޮށްފައިވާ "ހިޔާވެހި ޕޯޓަލް" އަކީ ސަރުކާރުގެ ބޯހިޔާވަހިކަމާއި ގުޅުންހުރި ހުރިހާ ކަންކަމަށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތަށް ފަރުމާ ކޮށްވިފައިވާ ޕޯޓަލް އެކެވެ.

އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ހައުސިން ޕްރޮފައިލް ފުރިހަމަކުރުމާއި ހައުސިން ސްކީމްތަކަށް ހުށަހެޅުމާއި ބޯހިޔާވަހިކަމުގެ ލޯނުތަކަށް ހުށަހެޅުމުގެ އިތުރުން ބޯހިޔާވަހިކަމާއި ގުޅުންހުރި ޝަކުވާތައް ވެސް ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ ޕޯޓަލްގައި ފަރުމާކޮށްފައިވަނީ ޕޯޓަލް އަށް ރަޖިސްޓްރީވާ ފަރާތްތަކުން ހައުސިން ސްކީމްތަކަށް ހުށަހެޅުމުން، އެޕްލިކޭޝަން ދަރަޖަ ކުރެވޭ ގޮތަށެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއ،ި ރަޖިސްޓްރީކުރުމާއ،ި އެފަރާތްތަކުގެ މައުލޫމާތު ރައްކާކުރުމުގެ އިތުރުން ކައުންސިލްތަކާއި ގުޅިގެން ހައުސިން އާއި ގުޅޭ ނީޑްސް އެސެސްމަންޓް ހެދުމުގެ މަސައްކަތްވެސް މި ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.

ކުރިމަގުގައި ސަރުކާރުން އެކުލަވާލާ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށް އޮތްތަނުގައި ކުރާނީ މި ޕޯޓަލް މެދުވެރިކޮއް ކަމަށް މިނިސްޓްރީން އިން ބުންޏެވެ.

އެ ޕޯޓަލް ބޭނުންކުރެވޭނީ އީފާސް މެދުވެރިކޮށް https://hiyaavehi.housing.gov.mv/ އަށް ލޮގްއިން ކުރުމުންނެވެ.