Advertisement

ވެލެންސިއާ މައްސަލަ ކޯޓުގައި އަޒްމީނާ ދެކޮޅަށް ކާމިޔާބެއް ނުވި

22 ފެބުރުވަރީ 2024 - 16:45 1


ވެލެންސިއާ މައްސަލަ ކޯޓުގައި އަޒްމީނާ ދެކޮޅަށް ކާމިޔާބެއް ނުވި

22 ފެބުރުވަރީ 2024 - 16:45 1

ކްލަބް ވެލެންސިއާގެ ޗެއާމަންގެ މަގާމުގައި ހުންނެވި، ނޫސްވެރިޔާ، އަބްދުﷲ އަޒްމީން، މަގާމަށް އައުމުގައި ކަންކަން ކޮށްފައިވާ ގޮތާ މެދު ހިތްހަަމަނުޖެހުން ފާޅުކޮށް، އެ ކްލަބްގެ ބޯޑުން ދާދި ފަހުން ވަކިކުރި މެމްބަރުން، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އަޒްމީނާ ދެކޮޅަށް ވަގުތީ އަމުރެއް ނުނެރެން ކޯޓުން ނިންމައިފި އެވެ.

މިއީ، ވެލެންސިއާގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮންޓްރޯލް ބޭއްވުމަށް އެ ބޯޑުގައި ތިބި މެމްބަރުން މަގާމުން ވަކިކުރުމުން ކޯޓަށް ހުށަހެޅި މައްސަލަ އެކެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ދާދި ފަހުން ވެލެންސިއާގެ ބޯޑުން ވަކިކުރި މެމްބަރުން ކަމަށްވާ، އެ ކްލަބްގް ފައިނޭންސް ޑައިރެކްޓާގެ މަގާމުގައި ހުރި ހުސައިން ވަހީދު (ދޮނާ) އާއި ބޯޑްގެ އެންމު މެންބަރުންގެ ގޮތުގައި ތިބި އަލީ މަމްދޫހް މުހައްމަދު އާއި މިސްބާހް މުހައްމަދު، އިލްމާއު ހުސެއިން (މައު) އަދި ޔޫސުފް ރަމީޒް (ރަމީ) އެވެ.

ކޯޓަށް މައްސަލަ ހުށަހެޅި، ފަރާތްތަކުގެ ތެރޭގައި، ވެެލެންސިއާގެ ބޯޑް މެމްބަރު، އިލްމާއު (މައު) ހިމެނިފައިވީ ނަމަވެސް، މި މައްސަލަ އަކީ އޭނާ އަށް އެނގިގެން ކޯޓަށް ހުށަހެޅި ކަމެއް ކަަން އެނގިފައިނުވާކަމަށް މި ކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވެ އެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި އަމުރަކަށް އެދުނުއިރު ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، 11 ޑިސެމްބަރު، 2023 ގައި އަޒްމީން ވެލެންސިއާގެ ޗެއާމަންގެ މަގާމަށް އައިސްފައިވަނީ، ގަވާއިދާ ހިލާފަށް ކަމަށާއި 26 ޑިސެމްބަރުގައި އަޒްމީން މަގާމުން އިސްތިއުފާ ދީފައިވާ ކަމަށް ވެ އެވެ. އދި އޭގެ ފަހުން، 29 ޑިސެމްބަރުގައި ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި، ބޯޑު މެމްބަރުންތަކެއް ބަދަލުކޮށްފައިވާތީ، މި ކަންކަމަށް ބަލައި، އަޒްމީން އާއި ވެލެންސިއާގެ ދެ ބޯޑު މެމްބަރުން ކަމަށްވާ ވެލެންސިއާގެ އެކަޑަމީގެ ކޯޗުކަން ކުރަމުން އަންނަ ކުރީގެ ކުޅުންތެރިޔާ، ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި ވެލެންސިއާގެ ޓީމުގެ މެނޭޖަރުކަން ކޮށްފައިވާ އަހްމަދު ޝަރީފް (މާޑޭ) އަށް ވެެލެންސިއާގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭ ގޮތަށް އަމުރެއް ނެރެދިނުމަށެވެ.

މާޑޭ އާއި ޔޫއްޓޭ، ބޯޑަށް އައްޔަންކުރީ، މިދިޔަ ޑިސެމްބަރު މަހު 29 ގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށް ވެ އެވެ.

ކޯޓުން ދެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ބެލުމަށް ފަހު، ނިންމީ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށާއި މި ފަދަ ކަންކަމުގައި މީގެ ކުރިން ރާއްޖޭގެ ޝަރުއީ މަރުހަލާގައި ކަންކަން ކޮށްފައިވާ ގޮތަށް ބަލާއިރު، މީގެ އެންމެ ރަނގަޅު ގޮތަކީ މައްސަލައިގައި ހިމެނޭ ފަރާތްތައް ދެ ފަރާތުގެ ހައްގު ކަށަވަރުވާނެހެން، ކްލަބްގެ ކަންކަން އަމިއްލަ އަށް ނިންމުން ކަމަށެވެ.

އަދި މި ކަމުގައި ކޯޓުން ވަކި ގޮތަކަށް އަމުރުނެރެ މި ވަގުތު ކަމެއްކޮށްފިނަމަ، އެއް ފަރާތަކުން އައިސްފައިވާ މި ފަދަ މައްސަލައެއްގައި ވަކި ކޮޅަކަށް ބުރަވެ، ގެއްލުމެއް ލިބިދާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެތީ، މި ވަގުތު އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ވެލެންސިއާގެ ބޯޑު މެމްބަރުންތަކެއް ވަކިކުރި މައްސަލަ އެންމެ ފަހުން ކޯޓަށް ގޮސްފައިވާއިރު، މި މައްސަލައިގައި، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް (ތޮލާ)ގެ ގެ ކައިރީގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.