Advertisement

މަރުހޫމް ވިޝާމްގެ ހަނދާނުގައި އަރަމުން އަންނަ ލޯޔަރުންނަށް އެވޯޑެއް ތައާރަފުކޮށްފި

22 ފެބުރުވަރީ 2024 - 15:11 0

އަމަން ހަލީމް

އަމަން ހަލީމް

މަރުހޫމް އިސްމާއިލް ވިޝާމް: ގާނޫނީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާގައި ވެސް ވިޝާމް ހިދުމަތް ކުރެއްވި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މަރުހޫމް ވިޝާމްގެ ހަނދާނުގައި އަރަމުން އަންނަ ލޯޔަރުންނަށް އެވޯޑެއް ތައާރަފުކޮށްފި

22 ފެބުރުވަރީ 2024 - 15:11 0

ބާ ކައުންސިލް އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް މަރުހޫމް އިސްމާއިލް ވިޝާމްގެ ހަނދާނުގައި "އިސްމާއިލް ވިޝާމް އަޕް-އެންޑް-ކަމިން ލޯޔާ" އެވޯޑު މިއަދު ތައާރަފުކޮށްފި އެވެ.

ބާ ކައުންސިލުން މި އެވޯޑު ތައާރަފުކުރީ ވިޝާމްގެ ހަނދާނުގައި މިއަދު ބޭއްވި ތައުބީނުގެ ޖަލްސާއެއްގަ އެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ ވަކީލުންނާއި ގާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ބައިވެރިވި އެވެ.

ކުޅަދާނަ ގާނޫނީ ވަކީލު ވިޝާމް އަވަހާރަވީ މިދިޔަ މަހުގެ 31 ގަ އެވެ.

ބާ ކައުންސިލުގެ ރައީސްކަމަށް ވިޝާމް އައްޔަން ކުރީ 2022 ވަނަ އަހަރުގެ ޖޫން 12 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެޓާނީ ޖެނެރަލްގެ ނައިބުކަން ވެސް ކުރެއްވި އެވެ.

ވިޝާމް އަކީ ކުޅިވަރުގެ ދާއިރާގައި ވެސް އެކި މަސައްކަތްތައް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ގުޅިގެން އެކި މަސައްކަތްތައް ކުރެއްވި އެވެ. ހަމަ އެހެންމެ މަޝްހޫރު ފުޓްބޯޅަ ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ވެސް އެޑްމިނިސްޓްރޭޓިވް ކަންކަމާއި ގާނޫނީ މަސައްކަތްތަކެއް ކުރައްވައި، ނިއުގެ މެނޭޖަރެއްގެ ގޮތުގައި ވެސް ހިދުމަތްކުރެއްވި އެވެ،