Advertisement

ވޮލުންޓަރީކޮށް އުޅަނދު ނައްތައިލާ ޕްރޮގްރާމުގެ ދަށުން 56 އުޅަނދެއް ނައްތާލައިފި

22 ފެބުރުވަރީ 2024 - 14:05 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޕިކަޕެއް: މި ސަރަހައްދުގައި މިހެން ގިނަ ދުވަސްވެފައި ހުރި ގިނަ އަދަދެއްގެ ވެހިކަލް އެބަހުރި -- އަދަދު ފައިލް ފޮޓޯ


ވޮލުންޓަރީކޮށް އުޅަނދު ނައްތައިލާ ޕްރޮގްރާމުގެ ދަށުން 56 އުޅަނދެއް ނައްތާލައިފި

22 ފެބުރުވަރީ 2024 - 14:05 0

މާލެ ސިޓީގެ ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލުކޮށް މަގުމަތީގައި ހުރި ބައު އުޅަނދުތައް ނައްތައިލަން ފެށި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަތަރު ފުރޮޅުލީ 56 އުޅަނދު ނައްތާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިއީ ވޮލުންޓަރީ ނުވަތަ އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް އެދުމުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިނިސްޓްރީން މިގޮތަށް ނިންމީ ޓްރެފިކް މައްސަލަ ހައްލުކުރަން އުފައްދާފައިވާ "އާބަން ޓްރެފިކް ޑީ ކޮންޖެޝަން މެނޭޖްމަންޓް ކޮމިޓީ"ގެ ލަފާގެ މަތިންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މި ޕްރޮގްރާމް ހިންގަނީ ފުލުހުންނާއި ވެމްކޯއާ ގުޅިގެންނެވެ. ވެހިކަލް ނައްތާލަން އެދޭ ފަރާތްތަކުން ޖެހެނީ އެކަމަށް ހާއްސަ ފޯމު ފުރުމަށް ފަހު އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާށެވެ. މި ފޯމު މިނިސްޓްރީގެ ރިސެޕްޝަނުން ވެސް ލިބޭނެ އެވެ.

މިކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ތިނެކެވެ.

މާލޭގެ އެތަން މިތަނުގައި މިހެން ދޫކޮށްލާފައި ހުރި ބައިވަރު ވެހިކަލް އެބަހުއްޓެވެ. އެންމެ ގިނަ ވެހިކަލް ޖަމާކޮށްފައި ހުރީ މާލެ އިންޑަސްޓްރިއަލް ޒޯނަށެވެ. އެ ސަރަހައްދުގައި ހުރި ބައެއް ވެހިކަލްތައް ހުރީ ލޮނުގެ އަސަރުކޮށް، ވަރަށް ބޮޑަށް ދަބަރު ޖަހައި ހަލާކުވެފަ އެވެ.