Advertisement

ޗައިނާ އާ އަހަރު ފާހަގަކުރުމުގެ ހަފްލާގައި ސާޖިދާ ބައިވެރިވެވަޑައިގެންފި

22 ފެބުރުވަރީ 2024 - 15:06 0


ޗައިނާ އާ އަހަރު ފާހަގަކުރުމުގެ ހަފްލާގައި ސާޖިދާ ބައިވެރިވެވަޑައިގެންފި

22 ފެބުރުވަރީ 2024 - 15:06 0

ޗައިނާ އެމްބަސީން އިންތިޒާމްކޮށްގެން ބޭއްވި "ޗައިނީސް ނިއު އިޔަ 2024" ހަފްލާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފި އެވެ.

ޗައިނާގެ އާ އަހަރު ފާހަގަކުރުމަށް ބޭއްވި އެ ހަފްލާ އޮތީ އޮލިމްޕަސް ތިއޭޓަރުގަ އެވެ. އެ ހަފްލާގައި އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން އާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ހަފްލާގައި ޗައިނާގެ ސަގާފީީ މިއުޒިކާއި ހަރަކާތްތަކެއް ދައްކާލުމާއި ދިވެހި ސަގާފީ މިއުޒިކުގެ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

ޗައިނާ އާ އަހަރު ފާހަގަކުރަނީ ލޫނާ ކަލަންޑަރުން، ފިނި މޫސުން ނިމި ހޫނު މޫސުން ފެށުން ފާހަގަކުރުމަށެވެ. 10 ވަރަކަށް ދުވަހަށް ދެމިގެންދާގޮތަށް ފާހަގަކުރާ މި ޗުއްޓީގައި ކޮންފިއުޝަނިޒަމް، ބުޑިޒަމް އަދި ޓާއޯއިޒަމްގެ އިތުރުން ޗައިނާގެ ގަދީމީ އަދި ތާރީހީ ފޯކްލޯ ތަކުން އުފެދިފައިވާ ގިނަ ސަގާފީ ހަރަކާތްތައް ހިމެނެ އެވެ.