Advertisement

މާލޭގެ މަގުމަތީ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހެއްގެ މައްސަލަ ބަލަނީ

22 ފެބުރުވަރީ 2024 - 09:12 0


މާލޭގެ މަގުމަތީ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހެއްގެ މައްސަލަ ބަލަނީ

22 ފެބުރުވަރީ 2024 - 09:12 0

މާލޭގެ މަގެއްގައި ދުއްވި ޕިކަޕެެއްގެ ތެރޭ ހުރެ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހެއްގެ މައްސަލަަ ފުލުހުން ބަލަން ފަށައިފި އެެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޕިކަޕެއްގެ ތެރޭގައި ހުރެ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހާ، އެ ޕިކަޕްގެ ފަހަތުގައި ސައިކަލެއްގައި އިން އަންހެނަކަށް ޖިންސީ ފުރައްސާރަކުރާ ކަަަމަށް ދޭހަވާ ވައްތަރުތަކެއް ވެސް ޖެއްސި އެެެވެ. އޭނާގެ އެ އަމަލާ މެދު ސޯޝަލް މީޑިއާގައި މީހުން ނުރުހުން ފާޅުކުރަމުން އަންނަ އިރު ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ އެމީހާގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެމީހާ ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެއާ އެކު ފުލުހުން އެދެނީ އެމީހާ ދެނެގަތުުމުގައި އާއްމުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.

"...އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން،" ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުންޏެވެ.